ގަލްފު ހަނގުރާމަ ހުއްޓާލުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތްތަކަށް ހުރަސްއަޅައި، އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރަގްޗީ ބައިނަލްއަޤްވާމީ މީޑިއާތަކަށް ވަރަށް ހަރުކަށި އަދި ނުރައްކާތެރި އިންޒާރެއް ދީފިއެވެ.
ޢަރަގްޗީ ބުނީ، އެމެރިކާއާއެކު ހޯރްމުޒް ކަނޑުއޮޅީގެ ވިޔަފާރި ހުޅުވުމާ ބެހޭގޮތުން އެއްވެސް ސުލްޙައިގެ އެއްބަސްވުމެއް ނުވަތަ އެމް.އޯ.ޔޫ އެއްގައި ސޮއިކުރެވޭނީ، އިޒްރޭލުން ލުބުނާނަށްދޭ ޙަމަލާތައްވެސް އެއްކޮށް ހުއްޓާލުމުން ކަމަށެވެ. އީރާނުން ވަނީ މި ދެ ހަނގުރާމަ އެއްކޮށް ގުޅުވާލާފައެވެ.
އެމެރިކާގެ އަސްކަރިއްޔާއިން އީރާނުގެ އައްސޭރިފަށުގެ ރާޑަރުތަކަށް ދޭ ބޮންއެޅުމުގެ ޙަމަލާތައް ތަކުރާރުކޮށްފިނަމަ، އީރާނުން މިހާތަނަށް ގެންގުޅުނު ކެތްތެރިކަން އެއްކޮށް ދޫކޮށްލާނެއެވެ.
އަދި މެދުއިރުމަތީގައި ހުރި އެމެރިކާގެ ހުރިހާ އަސްކަރީ ބޭސްތަކަކަށް އެއްފަހަރާ، ހުރިހާ ފްރަންޓަކުން އިންތިހާއަށް ހަރުކަށި ރައްދު ޙަމަލާ ދޭން ފަށާނެ ކަމަށް އޭނާ ބުންޏެވެ.



