ޕާކިސްތާނު ސެނެޓުގެ ޗެއަރމަން، ސައްޔިދު ޔޫސުފް ރަޒާ ގިލާނީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ޒިޔާރަތުގައި ދެބޭފުޅުން ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޗެއަރމަން ގިލާނީ ދިވެހިރާއްޖެއާމެދު ބަހައްޓަވާ ގާތްކަމަށް ތަޢުރީފުކުރައްވާފައެވެ. އަދި ޚިދުމަތުގެ ދިގު މުއްދަތުގައި، ދިވެހިރާއްޖެއާއެކު އަބަދުވެސް ގާތް، އަދި ބަދަހި ރަޙުމަތްތެރިކަމެއް ބާއްވަވާކަން ފާހަގަކުރެއްވިއެވެ.
ޗެއަރމަން ގިލާނީ ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ހޫނު މަރުޙަބާއެއް ދަންނަވައި، ދެ ޤައުމުގެ މެދުގައި ސޮއިކުރެވުނު އެއްބަސްވުންތަކާއި ފަހުމުނާމާތައް ތަންފީޒުކުރުމަށް އިސްކަންދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅަކީ، ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝަހުބާޒް ޝަރީފްގެ ދައުވަތަކަށް، މި އޮކްޓޫބަރު މަހުގެ 20 އިން 22 އަށް ކުރައްވާ ދަތުރުފުޅެކެވެ.



