spot_img

ޕާކިސްތާނުގެ ނެޝެނަލް އެސެމްބްލީގެ ރައީސް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

ޕާކިސްތާނުގެ ނެޝެނަލް އެސެމްބްލީގެ ރައީސް އޮނަރަބަލް ސަރްދާރު އަޔާޒް ޞާދިޤް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި، ދެބޭފުޅުން ވަނީ ދެޤައުމުގެ ޤާނޫނު ހަދާ މަޖިލިހުގެ މެދުގައި އޮތް ގާތްގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވާފައެވެ. ޞާދިޤްގެ ވާހަކަފުޅުގައި، ޕާކިސްތާނުގެ ރައްޔިތުންނާއި މަޖިލިސް މެންބަރުންގެ ނަންފުޅުގައި ރައީސުލްޖުމްހޫރިއްޔާއަށް ހޫނު މަރުޙަބާއެއް ދެންނެވިއެވެ. އަދި، ގިނަ ދުވަހެއްގެ މެދުކެނޑުމަކަށްފަހު ޕާކިސްތާނަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަންނަވާ، މެހެމާންދާރީ އަދާކުރުމަށް ފުރުޞަތު ލިބިވަޑައިގެންނެވުމަކީ އެމަނިކުފާނަށް ލިބިވަޑައިގެންނެވި ހިތްހަމަޖެހުމެއްކަމަށް ވިދާޅުވިއެވެ.

މި ދަތުރުފުޅަކީ ކުރީގެ ގުޅުންތައް އައުކޮށް، ކުރިމަގުގައި ދެޤައުމުގެ ރައްޔިތުންނަށް ފައިދާކުރަނިވި ކަންކަމަށް އެއްބަސްވެވޭނޭ ގުޅުމެއް ޤާއިމްކުރެވޭ ދަތުރުފުޅަކަށްވެގެންދާނޭ ކަމަށާއި ޕާކިސްތާނަކީ ރާއްޖޭގެ ތަރައްޤީގައި އިސްދައުރެއް އަދާކުރާ ޤައުމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިހިނގާ އޮކްޓޫބަރު މަހުގެ 20 އިން 22 އަށް، ރައީސުލްޖުމްހޫރިއްޔާ ޕާކިސްތާނަށް ކުރައްވަމުންގެންދަވާ މި ފުރަމާނަ ދަތުރުފުޅަކީ، ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝަހްބާޒް ޝަރީފްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

spot_img

ގުޅުންހުރި ލިޔުންތައް