ހަތަރު މެޖިސްޓްރޭޓް ކޯޓަކަށް ފަނޑިޔާރުން އައްޔަންކޮށްފިއެވެ.
ސުޕްރީމް ކޯޓުގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ފަނޑިޔާރުން އައްޔަންކުރީ ހއ. ހޯރަފުއްޓާއު ބ. ގޮއިދު އާއި އެ އަތޮޅު އޭދަފުށީގެ އިތުރުން ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށެވެ.
އައްޔަންކުރި ފަނޑިޔާރުންނަކީ:
* ހޯރަފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމަށް ހޯރަފުށީ ވާރޭވިލާ، އަލްއުސްތާޛު ފަތުޙުﷲ ޢަލީ
* ބ. ގޮއިދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމަށް ގޮއިދޫ ލިލީވިލާ، އަލްއުސްތާޛާ ދިޔާނާ މަޖީދު
* ބ. އޭދަފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމަށް އޭދަފުށީ ހުސްނުހީނާގެ، އަލްއުސްތާޛު ޙުސައިން ރަމީޒް
* ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމަށް ފުވައްމުލަކު މާދަޑު. ހުމަށި، އަލްއުސްތާޛާ މަރްޔަމް ޢާޞިރާ
އެ ބޭފުޅުންނަށް ހުވާ ލައި ދެއްވީ ސިވިލް ކޯޓުގެ އިސް ޤާޒީ މަރްޔަމް ވަޙީދެވެ.



