- Advertisement -spot_img

ރިސޯޓެއްގެ މޫދަށް ފޭބި ދެ ފަތުރުވެރިއަކު މަރުވެއްޖެ

ދ. އަތޮޅު ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިޔަކު ހަބަރު ހުސްވެ، ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެއެވެ.

ދ. ކުޑަހުވަދޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލާ ހަވާލާދީ، ފުލުހުން ބުނި ގޮތުގައި އެ ދެ މީހުން ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ވަނީ ނިޔާވެފައެވެ.

އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް