- Advertisement -spot_img

ބޮޑުތަކުރުފާނުމަގުގައި ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުރި 9 ވެހިކަލެއް ޓޯކޮށްފި

މާލޭގެ ބޮޑުތަކުރުފާނުމަގުގައި ގަވާއިދާ ޚިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމަށް ފުލުހުން ފެށި ޚާއްޞަ މަސައްކަތުގެ ތެރެއިން، ވޭތުވެދިޔަ ރެއިން ފެށިގެން މިހާތަނަށް ހަތަރު ފުރޮޅުލީ 9 އުޅަނދެއް ޓޯކޮށްފިއެވެ.

މަގުމަތީގެ ތޮއްޖެހުން ކުޑަކުރުމަށާއި ހިނގާބިނގާވެ އުޅޭ ފަރާތްތަކަށާއި ދުއްވާ އެއްޗެއްސަށް ފަސޭހަވާނޭހެން މަގުތައް ތަރުތީބުކުރުމަށްޓަކައި، ގަވާއިދާ ޚިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް މަގުމަތިން ނެގުމަށް ފުލުހުން ކުރަމުންދާ މި މަސައްކަތް މިރޭވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

އެހެންކަމުން، މަގުމަތީގެ އަމާންކަމާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި އެއްވެސް ފަރާތަކުން ގަވާއިދާ ޚިލާފަށް އުޅަނދު ޕާކުނުކުރުމަށާއި، މިހާރުވެސް އެގޮތަށް ޕާކުކޮށްފައިވާ އުޅަނދުތައް ވީއެންމެ އަވަހަކަށް ނެގުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އެންމެހައި ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ.

މީގެއިތުރުން، މަގުތައް އަމާން އަދި ހިތްފަސޭހަ ތަނަކަށް ހެދުމަށް ފުލުހުން ކުރަމުންދާ މި މަސައްކަތުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް، ފުލުހުން ވަނީ ރައްޔިތުންނަށް ޝުކުރު އަދާކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް