- Advertisement -spot_img

މެލޭޝިއާގެ ބޮޑުވަޒީރަށް ރަސްމީކޮށް މަރުހަބާ ދަންނަވައިފި

ރޭ ރާއްޖެ ވަޑައިގެންނެވި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ދިވެހި ސަރުކާރުގެ ފަރާތުން މިއަދު ރަސްމީކޮށް މަރުހަބާ ދަންނަވައިފިއެވެ.

ޖުމްހޫރީ މައިދާނުގައި މިއަދު ހެނދުނު އަންވަރަށް ރަސްމީ ޢިއްޒަތުގައި މަރުހަބާ ދެންނެވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. އެމަނިކުފާނަށް މަރުހަބާ ދެންނެވުން އޮތީ ރަސްމީ ފާލަމުގަ އެވެ. އަންވަރަށް މަރުހަބާ ދެންނެވުމަށް ސްކޫލް ދަރިވަރުންގެ ސަގާފީ ނެށުމެއް ވެސް ހުށަހަޅާފައިވެއެވެ.

މީގެ އިތުރުން 21 ބަޑީގެ ސަލާމެއް އެމަނިކުފާނަށް އަރުވައި، ދެގައުމުގެ ގައުމީ ސަލާން ލަވަ، އެމްއެންޑީއެފުގެ ބޭންޑުން ކުޅެފައިވެއެވެ. ބޮޑުވަޒީރު އަންވަރަށް މަރުހަބާ ދެންވުމަށް ރައީސްގެ ކެބިނެޓު ވަޒީރުންނާއި، ދައުލަތުގެ އިސް ވެރިންނާއި، ސަރުކާރުގެ އިސް މަގާމުތަކުގައި ހިމެނޭ ފަރާތްތައް އެ ސަރަހައްދަށް އެއްވެ ތިއްބެވެ. އަދި ރައީސް އޮފީހަށް އެމަނިކުފާނު ވަޑައިގެންނެވީ ހަތްކޮޅުގައެވެ. އޭގެ ފަހުން އިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި އެމަނިކުފާނު ވަނީ ސޮއިކުރައްވައިފައެވެ.

މެލޭޝިއާގެ ބޮޑުވަޒީރު ގެ މި ދަތުރުފުޅުގައި، ރައީސް މުޢިއްޒާއެކު، ދޭދޭ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން ރަސްމީ މަޝްވަރާތައް ބާއްވަވާނެ އެވެ. އަދި ދެ ޤައުމުގެ އިސްވެރިންގެ ހާޒިރުގައި ބައެއް ފަހުމުނާމާ ތަކުގައި ސޮއިކުރައްވައި، މިކަމުގެ ލިޔެކިޔުންތައް ބަދަލުކުރުމަށް ހަމަޖެހިފައިވާއިރު، ދެ ޤައުމުގެ ލީޑަރުންގެ މެދުގައި ކުރިއަށްގެންދެވި މަޝްވަރާތަކުގެ ނަތީޖާއާ ގުޅޭ ގޮތުން ދެ ބޭފުޅުން ވެސް ނޫސްވެރިންނަށް ބަޔާނެއް ދެއްވާނެއެވެ.

މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަތުމުގެ ރައީސް މުއިއްޒު ދައުވަތު އެރުވީ އެ މަނިކުފާނު މިދިޔަ އަހަރުގެ އޭޕްރީލް މަހު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރޭގައެވެ. މިއީ ބޮޑުވަޒީރު އަންވަރުކަމާ 2022 ގެ ނޮވެންބަރު މަހު އަންވަރު ޙަވާލުވެވަޑައިގަތުމަށް ފަހު، ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

ގުޅުންހުރި ލިޔުންތައް