- Advertisement -spot_img

އިންސާނުން އުފުލާ ޑްރޯނެއްގެ ދަތުރުތައް ފުރަތަމަ ފަހަރަށް ރާއްޖޭގައި ދައްކާލައިފި

މީހުން އުފުލާ ޑްރޯނެއްގެ އުދުހުންތައް އިއްޔެ ފުރަތަމަ ފަހަރަށް ހުޅުމާލޭގައި ކާމިޔާބުކަމާއެކު ދައްކާލައިފިއެވެ.

ޗައިނާގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ކޫލްފްލައިގެ ”މޭނެޑް ޑްރޯން“ އުދައްސައި، އެ ހަރަކާތް ދައްކާލާފައިވަނީ މިއަދު ހަވީރު ހުޅުމާލެ ފޭސް 1 ގެ ޗެނަލް ސަރަހައްދުގަ އެވެ.

އެ ހަރަކާތް މާދަމާ ހެނދުނު އަދި ހަވީރު ވެސް ކުރިއަށް ގެންދަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމައިފައެވެ. އެގޮތުން ހެނދުނު 8:45 ގައި ހަރަކާތް ކުރިއަށް ގެންދަން ނިންމާފައިވާ ކަން މިނިސްޓްރީން ބުންޏެވެ.

މި ހަރަކާތުގައި ދައްކާލާފައިވަނީ ކޫލްފްލައި ކުންފުނީގެ އެއް ސީޓުގެ ”ޑްރީމް އެސްޓީ“ މޮޑެލްގެ އީވީޓޯލް އުޅަނދެކެވެ.

ގުޅުންހުރި ލިޔުންތައް