- Advertisement -spot_img

ގެސްޓް ހައުސްއެއްގެ ތެރޭގައި މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެ

މާލޭގެ މާފަންނުގައި ހިންގާ ގެސްޓް ހައުސްއެއްގެ ތެރޭގައި މީހަކު ނިޔާވެފައި އޮއްވާ ފެނިގެން އެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، މާފަންނުގައި ހުންނަ ގެސްޓް ހައުސްއެއްގައި މީހަކު ނިޔާވެފައި އޮތް ކަމުގެ މަޢުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 2026 އޯގަސްޓް 20 ވަނަ ދުވަހުގެ ހަވީރު 17:51 އެހައިކަންހާއިރު ކަމަށެވެ.

ފުލުހުން ހާމަކުރި ގޮތުގައި މި ހާދިސާގައި ނިޔާވެފައި އޮއްވާ ފެނިފައިވަނީ ހއ. މޮޅަދޫ، އޯސަނިކްވިލާ، އުމުރުން 45 އަހަރުގެ އިބްރާހީމް ނަޢީމް އެވެ.

މި މީހާ ނިޔާވާން މެދުވެރިވި ސަބަބެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް