- Advertisement -spot_img

ރާއްޖޭގައި ކުރިއަށްގެންދާ ސިލްސިލާ ދައުރާ ޕްރޮގްރާމް ނިންމާލައިފި

އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއާއި، ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، ދަޢުވާ އެންޑް ގައިޑެންސް ގުޅިގެން ރާއްޖޭގައި ކުރިއަށްގެންދާ ސިލްސިލާ ދައުރާ ޕްރޮގްރާމް، ނިންމާލައިފިއެވެ.

މި ޕްރޮގުރާމު ނިންމުމުގެ ގޮތުން ބޭއްވުނު ޚައްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ، ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ދިވެހިރާއްޖެއާއިމެދު ބަހައްޓަވާ ގާތްކަމަށްޓަކައި ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒާއި ވަލީއަޙްދު މުޙައްމަދު ބިން ސަލްމާނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ދީނީ ދާއިރާއިން ސަޢުދީ ޢަރަބިއްޔާއިން ދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި ސަޢުދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ދަޢުވާ އެންޑް ގައިޑެންސްއާއި، ދިވެހިރާއްޖޭގައި ހުންނަވާ ސަޢުދީ އެމްބެސެޑަރ

​މި ޕްރޮގްރާމުގައި ބައިވެރިވުމަށް ހަމަޖެހިފައިވަނީ ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިންނާއި، މިސްކިތްތަކުގެ އިމާމުންގެ އިތުރުން ޒުވާން ޚަޠީބުންނެވެ.

ގުޅުންހުރި ލިޔުންތައް