- Advertisement -spot_img

ރަސްމީ ދަތުރުފުޅެއްގައި ރައީސް މުއިއްޒު ޤަތަރަށް ފުރާވަޑައިގެންފި

ޤަތަރުގެ ކުރީގެ އަމީރު ޝައިޚް ޙަމަދު ބިން ޚަލީފާ އަލްޘާނީ އަވަހާރަވުމާ ގުޅިގެން، އެމަނިކުފާނުގެ އާއިލާއަށާއި ޤަތަރުގެ ސަރުކާރަށް ތައުޒިޔާ ދެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިއަދު ހެނދުނު އެ ޤައުމަށް ފުރާވަޑައިގެންފިއެވެ.

ޝައިޚް ޙަމަދު އަވަހާރަވިއިރު އުމުރުފުޅަކީ 74 އަހަރެވެ. އެމަނިކުފާނު އަވަހާރަވިކަން ޤަތަރުގެ އަމީރީ ދީވާނުން އިޢުލާންކުރީ އިއްޔެ ހެނދުނުގެ ވަގުތެއްގަ އެވެ. އަދި އިއްޔެގެ ވަގުތެއްގައި އެމަނިކުފާނުގެ ޖަނާޒާގެ ކަންކަން ވަނީ ކުރިއަށް ގެންގޮސްފައެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި މި ދަތުރުފުޅަކީ ރަސްމީ ދަތުރުފުޅެކެވެ. އަދި މި ދަތުރުފުޅުގައި، ޤަތަރުގެ މިހާރުގެ އަމީރު ޝައިޚް ތަމީމް ބިން ޙަމަދު އަލްޘާނީއާ ބައްދަލުކުރައްވައި، ޝާހީ އާއިލާއަށް ތައުޒިޔާ ދެންނެވުމަށް ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސުލްޖުމްހޫރިއްޔާ އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޤަތަރުގެ ކުރީގެ އަމީރު އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ. އަދި އެމަނިކުފާނަކީ ޤަޠަރުގެ ތަރައްޤީއާއި ކުރިއެރުމަށް ނުހަނު އަގުހުރި މަސައްކަތްތަކެއް ކުރެއްވި، ދުރުވިސްނޭ ލީޑަރެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް