- Advertisement -spot_img

ޓެކްސް ކޮމިޝަރަނުކަމަށް އަމީޒާ އާއި ހަލީމްގެ ނަން މަޖިލީހަށް

ހުސްވެފައިވާ ކޮމިޝަނާ އޮފް ޓެކްސޭޝަންގެ މަގާމަށް އިންސްޓްޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް މޯލްޑިވްސް (ސީއޭ މޯލްޑިވްސް)ގެ ރައީސް މުހައްމަދު ހަލީމް އަބްދުﷲ އާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ފާތިމަތު އަމީޒާގެ ނަން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވައިފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، މި ދެ ބޭފުޅުންގެ ނަން ހުށަހެޅުއްވީ، ޓެކްސް ކޮމިޝަނަރުގެ މަގާމަށް ހުޅުވައިލުމުން ކުރިމަތިލި ފަރާތްތަކުގެ ތެރެއިން އެ މަގާމަށް އައްޔަނުކުރަން ފެންނަ ބޭފުޅުންކަމަށް ވިދާޅުވެއެވެ.

އަމީޒާ އަކީ އޮސްޓްރޭލިއާގެ މޮނާޝް ޔުނިވާސިޓީ އިން އެކައުންޓިން ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ މިހާރު ހުންނެވީ ޑެޕިއުޓީ ޓެކްސް ކޮމިޝަނަރުގެ މަގާމުގައެވެ.

ހަލީމަކީ ޔުނިވާސިޓީ އޮފް ލަންޑަން އިން ޕްރޮފެޝަނަލް އެކައުންޓެންސީގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވައި، އެކައުންޓިން ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.

ޓެކްސް ކޮމިޝަނަރުގެ މަގާމު ހުސްވީ، އެ މަގާމުގައި ހުންނެވި ހަސަން ޒަރީރު، ފިނޭންސް މިނިސްޓަރުކަމަށް އައްޔަނުކުރުމާ ގުޅިގެން އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

ގުޅުންހުރި ލިޔުންތައް