- Advertisement -spot_img

ހުޅުމާލެ ކައިރީގައި އޮތް ސަފާރީއެއްގައި ރޯވެ އަނދަނީ

ހުޅުމާލެ ކައިރީގައި އޮތް އެމްޕެރާ އެކްސްޕްލޯރާ ނަމަކަށް ކިޔާ ސަފާރީއެއްގައި އަލިފާން ރޯވެއްޖެއެވެ.

އެ ހާދިސާ ހިނގީ މިއަދު ހަވީރު ގާތްގަނޑަކަށް 5 ޖެހިއިރެވެ. އަލިފާން ރޯވިއިރު އެ ސަފާރީ އަޅާފައި އޮތީ ކުރުނބާ މޯލްޑިވްސް އާއި ހުޅުމާލެއާ ދެމެދުގައެވެ.

އެ ސަފާރީގައި ވަރަށް ބޮޑަށް ވަނީ އަލިފާން ރޯވެފައިވެއެވެ. ވައިޖެހެމުންދިޔައީ ހުޅަނގުން ކަމަށްވުމާ އެކު ސަފާރީއިން އެރި ދުންގަނޑު އައީ ހުޅުމާލެއާ ވީ ކޮޅަށް އަދި ހުޅުމާލެ ތެރެއަށް ފެތުރިފައިވެއެވެ.

އެމްއެންޑީއެފްއިން ބުނީ އަލިފާން ނިއްވުމުގެ މަސައްކަތް ހުޅުމާލެ ފަޔާ ސްޓޭޝަނުން ކުރަމުން އަންނަ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް