- Advertisement -spot_img

ގައުމީ ފެންވަރުގައި ބޮޑު އީދު ފާހަގަ ކުރަން 3 ރަށެއް ކަނޑައަޅައިފި

މި އަހަރުގެ އަޟްހާ އީދު ވެސް ގައުމީ ފެންވަރުގައި ތިން ރަށެއްގައި ފާހަގަކުރަން ސަރުކާރުން ނިންމައިފިއެވެ.

ރައީސް އޮފީހުގައި އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު ވިދާޅުވީ ގައުމީ ފެންވަރުގައި އީދު ފާހަގަކުރާނެ ތިން ރަށެއް ކަނޑައެޅުމަށްޓަކައި ރާއްޖޭގެ ހުރިހާ ކައުންސިލްތަކަށް މިހާރު ދައުވަތު ފޮނުވާފައިވާ ކަމަށެވެ.

އޭނަ ވިދާޅުވީ ކައުންސިލްތަކުން ހުށަހަޅާ ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމަށް ފަހު، އެންމެ ރަނގަޅު ހުށަހެޅުންތައް ހުށަހަޅާ ތިން ރަށް ކަނޑައަޅާނެ ކަމަށެވެ.

ހީނާ ވިދާޅުވީ އީދު ފާހަގަ ކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދާނެ ގޮތުގެ މިންގަނޑުތަކެއް ސަރުކާރުން އެކަށައަޅާފައިވާ އިރު ކޮންމެ ރަށެއްގައި ވެސް ކުރިއަށް ގެންދަން ޖެހޭ ޕްރޮގްރާމުތަކާއި، އީދު ފާހަގަކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންތައްތަކާއި، އިސްކަންދޭންޖެހޭ މުހިންމު އުސޫލުތައް ކައުންސިލްތަކާ ހިއްސާކުރެވޭނެ ކަމަށެވެ.

މި އަހަރުގެ ބޮޑު އީދު ދުވަހަކީ މި މަހުގެ 27 އެވެ.

މިދިޔަ އަހަރު ބޮޑު އީދު ގައުމީ ފެންވަރުގައި ފާހަގަކުރި ތިން ރަށަކީ ހއ. ކެލަ އާއި ކ. ގުރައިދޫގެ އިތުރުން ލ. ގަމެވެ.

ގުޅުންހުރި ލިޔުންތައް