ދެކުނުގެ އަތޮޅުތަކަށް ޚާއްޞަކޮށްގެން އައްޑޫ ސިޓީގައި ގާއިމުކުރާ ސަރަހައްދީ ކުނި މެނޭޖްކުރާ ނިޒާމުގެ ދަށުން، ބަނދަރަކާއި ރިސައިކަލް ކުރާ ފެސިލިޓީއެއް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިޤް އިބްރާހީމް ހާމަކުރައްވައިފިއެވެ.
މި ނިޒާމަކީ ހުވަދުއަތޮޅާއި ފުވައްމުލަކާއި އައްޑޫގައި އުފެދޭ ކުނި ރައްކާތެރި ގޮތުގައި ނައްތާލުމަށް ގާއިމުކުރާ ނިޒާމެކެވެ.
މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން މިހާރު ވަނީ ކުނި އަންދައިގެން ކަރަންޓު އުފައްދާ ނިޒާމެއް ގާއިމުކޮށްފައެވެ. ދެވަނަ ފިޔަވަހީގައި މި ނިޒާމު އިތުރަށް ފުޅާކޮށް، ފުރިހަމަ ސަރަހައްދީ ކުނި މެނޭޖްކުރާ ނިޒާމަކަށް ބަދަލުކުރެވޭނެއެވެ. ދެވަނަ ފިޔަވަހީގައި ހިމެނޭ ކަންކަންމިނިސްޓަރު ވިދާޅުވި ގޮތުގައި އައު ތަރައްގީގެ ދަށުން އިތުރު ވަސީލަތްތައް ގާއިމުކުރެވޭނެއެވެ.
އިތުރަށް ގާއިމްކުރާ ވަސީލަތްތައް
ކުނި ވަކިކުރާ ނިޒާމެއް ގާއިމުކުރުން.
ކުނި އެންދުމަށްފަހު ބާކީވާ ތަކެތި ރައްކާކުރާނެ ފެސިލިޓީއެއް ބިނާކުރުން.
އިދާރީ އޮފީހެއް ގާއިމުކުރުން.
ކުނި އުފުލުމަށް ޚާއްޞަ ބަނދަރެއް ތަރައްގީކުރުން.
އަލުން ބޭނުންކުރެވޭ ތަކެތި ރިސައިކަލް ކުރާނެ ޕްލާންޓެއް ގާއިމުކުރުން.
މި މަޝްރޫއު ފެށުމަށް ބޭނުންވާ އިދާރީ މަސައްކަތްތައް މިހާރު ކުރިއަށްދާއިރު، މަޝްރޫއަށް ބޭނުންވާ ފައިސާ މިހާރު ވަނީ ހަމަޖެހިފައެވެ. މިއީ ދެކުނުގެ އަތޮޅުތަކުގެ ތިމާވެށި ރައްކާތެރިކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ވަރަށް މުހިންމު މަސައްކަތެކެވެ.



