އަންގާރަ, ފެބްރުއަރީ 17, 2026
spot_img
- Advertisement -spot_img

ތިނަދޫ މޭޔަރުގެ ކަމުގެ އެމްޑީޕީގެ ޓިކެޓް ލިބުނީ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތު ކުރެވިފައިވާ ސައުދު އަލީއަށް

ތިނަދޫ ސިޓީގެ މޭޔަރު ކަމަށް އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެ ބޭފުޅަކަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާ ސައުދު އަލީ ހޮވިއްޖެއެވެ.

އޭނާ ވަނީ އިއްޔެ ބޭއްވި އެ ޕާޓީގެ ޕްރައިމަރީ ކާމިޔާބު ކުރައްވާފައެވެ. ތިނަދޫ ސިޓީގެ މޭޔަރުކަން ތަބަކަކަށް ލާފައި ދީފައިހުރި ސައުދު އަލީ ޕްރައިމަރީގައި ވާދަކުރީ އެ ރަށު ކައުންސިލްގެ ކުރީގެ ރައީސް އަހްމަދު ނަސީރާއެވެ.

ނަސީރަށް 418 ވޯޓު ލިބިވަޑައިގަތްއިރު، ސައުދަށް ލިބިވަޑައިގަތީ 462 ވޯޓެވެ. ދެ ބޭފުޅުންގެ ދެމެދުގައި އޮތް ފަރަގަކީ 44 ވޯޓެވެ.

ތިނަދުއަށް ސިޓީއެއްގެ ދަރަޖަ އެމްޑީޕީގެ ސަރުކާރުން ދީފައި ވަނީ ވުޖޫދުގައި ނެތް މީހުންނާއި މަރުވެފައި ތިބި މީހުންގެ ނަންތައް ހިމެނޭ 10،000 އަށްވުރެ މަތީގެ މީހުންގެ ލިސްޓެއް ތައްޔާރުކޮށް ހުށަހަޅައިގެންނެވެ. ޑީއެންއާރުން ބުނާގޮތުގައި ތިނަދޫގެ އާބާދީ 9000 އަށް ވެސް ނާރައެވެ.

މިޖަރީމާ ހިންގުމުގައި އިސްކޮށް ހުރީ ސައުދު އަލީ އެވެ. އޭނާ އެކަން ކުރީ ތިނަދޫގެ މޭޔަރުކަން ބޭނުންގެން ކަމަށް އެރަށު ރައްޔިތުން ތުހުމަތު ކުރެއެވެ. އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

މީގެއިތުރުން އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަތަކެއް ވެސް އެންޓި ކޮރަޕްޝަން ކޮމިޝަނުން އަންނަނީ ބަލަމުންނެވެ.

ގުޅުންހުރި ލިޔުންތައް