ބުދަ, ޑިސެމްބަރ 10, 2025
spot_img
- Advertisement -spot_img

ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް، ދެ މީހަކަށް އައިޖީއެމްއެޗްގައި ފަރުވާދެނީ

ސިނަމާލެ ބްރިޖާ ގުޅިފައިވާ ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެ، ހޮސްޕިޓަލްގައި ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން ބުނީ ހައިވޭ އިން ހުޅުމާލެއަށްދާ ލޭންގެ ހަތަރު ލޭން ހިމެނޭ ހިސާބުގައި ސައިކަލަކާއި ޕިކަޕެއް ޖެހި އެކްސިޑެންޓެއް ވެފައިވާ ކަމުގެ މައުލޫމާތު މިއަދު 9:00ހާއިރު ލިބިފައިވާ ކަމަށެވެ.

މި އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ ސައިކަލް ދުއްވަން އިން 28 އަހަރުގެ ދިވެހި ފިރިހެނަކަށާއި ސައިކަލްގެ ފަހަތުގައި އިން އިންޑިއާގެ އަންހެނަކަށެވެ. އެ ދެ މީހުންނަށް ވެސް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓްގައި 28 އަހަރުގެ މީހާގެ ކަނާތު ކޮނޑުހުޅު ނެއްޓި އެކިވަރުގެ އަނިޔާވެފައިވާ ކަމަށެވެ. އަދި 22 އަހަރުގެ އަންހެން މީހާގެ ގައިގެ އެކި ތަންތަން މަށައިގެން ގޮސް އެކިވަރުގެ އަނިޔާވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް