ތޫފާން ޑިޓުވާގައި ލަންކާއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ފްލައިޓުތައް ކެންސަލްވުމާއި ޑިލޭ ވުމުގެ ސަބަބުން ލަންކާގެ މައި އެއާޕޯޓުގައި ގިނަ އަދަދެއްގެ ދިވެހިން ތާށިވެއްޖެއެވެ.
އެއާޕޯޓްގައި ހުރި ދިވެއްސަކު ބުނީ މިވަގުތާ ހަމައަށް 50 އަށްވުރެ ގިނަ ދިވެހީން ނުފުރި ބަންޑާރަނައިކެ އިންޓަނޭޝަނަލް އެއާޕޯޓްގައި އެބަތިބި ކަމަށެވެ.
މީގެއިތުރުން ޗައިނާ ފަދަ ގައުމުތަކުން ރާއްޖެ އައުމަށް ކޮލަމްބޯގައި ޓްރާންސިޓުވި ފަތުރުވެރިންނާއި ތޫފާނާއި ގުޅިގެން ލަންކާ ދޫކޮށް ރާއްޖެ އަންނަން މަސައްކަތްކުރާ އެ ގައުމުގައި ދިރިއުޅޭ ދިވެހި ރައްޔިތުން ވެސް އެއާޕޯޓްގައި އެބަތިއްބެވެ.
”އަޅުގަނޑުމެން މިތާ ތިބޭތާ 48 ގަޑިއިރު ވެއްޖެ،“ އޭނާ ކިޔައިދިނެވެ.
ތޫފާން ޑިޓުވާގެ ސަބަބުން ލިބުނު ގެއްލުންތަކުގައި ލަންކާއިން މިހާތަނަށް 100 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.
ބިންގަނޑު ކަނޑައިގެން ދިޔުމާއި ކޯރުތައް ބަންޑުންވުމުގެ ސަބަބުން 43،000 އަށް ވުރެ ގިނަ މީހުން ވަނީ މަގުމަތިވެފައެވެ. އަދި އެތައް ސަތޭކަ ބަޔަކު ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ.
ލަންކާގައި ދިރިއުޅޭ ދިވެހީންގެ ހާލަތު ގާތުން ބަލަމުން އަންނަ ކަމަށް އެ ގައުމުގައި ހުންނަ ދިވެހި އެމްބަސީން ބުންޏެވެ.



