ހއ. ހޯރަފުށީގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ކަރަންޓު އުފައްދާ މިންވަރު އިތުރުކުރުމުގެ ގޮތުން 1000 ކިލޯވޮޓްގެ އައު ޖަނަރޭޓަރެއް އެ ރަށަށް ގެންގޮސްފިއެވެ.
ފެނަކަ ކޯޕަރޭޝަނުން ވިދާޅުވީ އައު ޖަނަރޭޓަރެއް ގެންދިއުމުގެ މައިގަނޑު ބޭނުމަކީ ހޯރަފުށީގެ ރައްޔިތުންނަށް މެދުކެނޑުމެއްނެތި، އިތުބާރު ހުރި ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމާއި، ރަށުގެ ތަރައްޤީއާއެކު ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވަމުންދާތީ އެކަމަށް ދުރާލާ ތައްޔާރުވުން ކަމަށެވެ.
މި އައު ޖެންސެޓް ގެނައުމުގެ ކުރިން ހޯރަފުށީ އިންޖީނުގޭގައި ކަރަންޓު އުފެއްދުމުގެ ޖުމްލަ ކެޕޭސިޓީއަކީ 2720 ކިލޯވޮޓެވެ. އަލަށް ގެންދެވުނު 1000 ކިލޯވޮޓްގެ ޖެންސެޓް އިންސްޓޯލްކޮށް، ބޭނުންކުރަން ފެށުމާއެކު އެ ރަށުގައި ކަރަންޓު އުފެއްދުމުގެ ޤާބިލުކަން 3350 ކިލޯވޮޓަށް އިތުރުވާނެކަމަށް ފެނަކައިން ވިދާޅުވެއެވެ.
މި ބަދަލާއެކު ހޯރަފުށީގެ އިންޖީނުގެއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމާއި، ޕީކް ގަޑިތަކުގައި ކަރަންޓަށް އޮންނަ ޑިމާންޑަށް އެކަށީގެންވާ ހައްލެއް ލިބި، ރަށުގެ ކަރަންޓު ވިއުގަ އިތުރަށް ވަރުގަދަވާނެ ކަމަށް ބެލެވެއެވެ.



