އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

ހައިކޯޓުގެ ހިންގުން ފަނޑިޔާރު ޖަމީލާ ހަވާލުކޮށްފި

ހައިކޯޓުގެ ހިންގުން ވަގުތީގޮތުން އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާއާ ހަވާލުކޮށްފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) މިއަދު ބުނީ ހައިކޯޓުގެ ހިންގުން ވަގުތީގޮތުން ފަނޑިޔާރު ޖަމީލާ ހަވާލުކުރެއްވުމަށް އެ ކޮމިޝަންގެ މިއަދުގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ. 

ހައިކޯޓުގެ އިސް ފަނޑިޔާރު ކަމަށް އެ ކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް އައްޔަންކުރަން ޖޭއެެސްސީން ވަނީ ކުރިން ނިންމާފައެވެ. ނަމަވެސް އަދިވެސް އޭނައާ މަގާމް ހަވާލެއް ނުކުރެއެވެ.

ފަނޑިޔާރު ޖަމީލު މޫސައަކީ ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާއިން ބެޗްލާ އޮފް ޝަރީއާ އެންޑް ލޯ ވިތު އޮނާސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރެއްވި ޖަމީލު މޫސާ ވަނީ 2002 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން 2009 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ލ. ލަނބިދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓުގެ މަގާމު އަދާކުރައްވައިފައެވެ.

އޭގެ ފަހުން 2009 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ދިހަ އަހަރުގެ މުއްދަތަކަށް ސިވިލް ކޯޓުގެ ގާޒީއެއްގެ ގޮތުގައި އޭނާ މަސައްކަތްކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް