ހުކުރު, ނޮވެމްބަރ 14, 2025
spot_img
- Advertisement -spot_img

އެމްޑީޕީ ސަރުކާރަށް ނުހުޅުވުނު ޝަންގްރިއްލާ ރިސޯޓް ޑިސެމްބަރުގައި ހުޅުވަނީ

ބަންދުކޮށްފައި އޮންނަތާ ގިނަ ދުވަސްވެފައިވާ އައްޑޫ ޝަންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާ މި އަހަރުގެ ކުރިން ހުޅުވަން ތައްޔާރުވަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ތޯރިގު ވިދާޅުވީ ޝަންގްރިއްލާ ގްރޫޕުގެ އިންވެސްޓްމަންޓް އެންޑް އެސެޓް މެނޭޖްމަންޓުގެ ވެރިޔާ ކްރިސް ފޮންގް އާއި ޝަންގްރިއްލާ ރިސޯޓުގެ ޖެނެރަލް މެނޭޖަރު ހާވް ޑުބޯސްކްއާއެކު އިއްޔެ ބައްދަލުކުރައްވާފައިވާ ކަމަށެވެ. އެގޮތުން ޝަންގްރިއްލާ ރިސޯޓު ޑިސެމްބަރު ފަހުކޮޅު ހުޅުވުމަށް ވާން ޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާއަކީ އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓުން ސްޕީޑް ލޯންޗެއްގައި ފަސް ވަރަކަށް މިނިޓުން ދެވޭހާ ކައިރީގައި އޮންނަ ރިސޯޓެކެވެ. އައްޑޫގެ ވަރަށް ގިނަ ބަޔަކު ވަޒީފާ އަދާކުރަމުން ދިޔަ ޝަންގްރިއްލާ ވިލިގިލި ރިސޯޓް ނުހުޅުވި ދިގުލައިގެން ގޮސްފައިވުމަކީ އައްޑޫގެ ވަރަށް ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ. 

މިދިޔަ ސަރުކާރުން ވަނީ އެ ރިސޯޓްގައި އޮތް ސަރުކާރުގެ ހިއްސާ ދޫކޮށްލާފައެވެ. އެއީ އެ ރިސޯޓް އަލުން ހުޅުވަން މަގުފަހިކުރުމަށް ކުރި ކަމެކެވެ. ނަމަވެސް ވެރިކަން ނިމުނުއިރު ވެސް އެ ރިސޯޓް ހުޅުވޭގޮތެއް ނުވިއެވެ.

ގުޅުންހުރި ލިޔުންތައް