ހޯމަ, ޑިސެމްބަރ 8, 2025
spot_img
- Advertisement -spot_img

ރައީސް މުޢިއްޒާއި ފީފާގެ ރައީސް މާދަމާ ހަވީރު ފުޓްބޯޅަ މެޗެއް ކުޅެނީ

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އާއި ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިންނަވާ ހާއްސަ ފުޓްބޯޅަ މެޗެއް މާދަމާ ހަވީރު ގަލޮޅު ދަނޑުގައި އޮންނާނެ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފި އެވެ.

19 އަހަރަށް ފަހު ފީފާގެ ރައީސަކު މާދަމާ ރާއްޖެ ވަޑައިގަންނަވާ ތާރީޚީ ދުވަހުކުގައި ރައީސް މުއިއްޒާއެކު ފުޓުބޯޅަ މެޗެއް ކުޅޭ ކަމީ ގައުމަށް ލިބޭ ވަރަށް ބޮޑު ޝަރަފެކެވެ.

އިންފަންޓީނޯ، މާދަމާގެ ހެނދުނުގެ ވަގުތެއްގައި ރާއްޖެ ވަޑައިގަންނަވާނެއެވެ. މި ދަތުރުގައި، ރައީސް ޑރ. މުއިއްޒުގެ އިތުރުން ސަރުކާރުގެ އޮފިޝަލުންނާއި ރާއްޖޭގެ ފުޓްބޯޅަ ކްލަބްތަކާ އޭނާ ބައްދަލުކުރައްވާނެއެވެ.

ފުޓުބޯޅަ މެޗް އޮންނާނީ މާދަމާ ހަވީރު، 16:00-18:00 އަށް ގަލޮޅު ދަނޑުގައެވެ. ރައީސް ޑރ. މުއިއްޒު އާއި ފީފާގެ ރައީސް އިންފަންޓީނޯ ބައިވެރިވެވަޑައިގަންނަވާ ތާރީޚީ އެ މެޗު ބައްލަވާލެއްވުމަށް ދައުލަތުގެ ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން ވަޑައިގަންނަވާނެއެވެ.

ގުޅުންހުރި ލިޔުންތައް