ބުރާސްފަތި, އޮކްޓޯބަރ 9, 2025
spot_img
- Advertisement -spot_img

މާމިގިލީގައި އިސްލާމީ ޔުނިވާސިޓީގެ ކެމްޕަހެއް އިމާރާތްކުރަން އާރްޑީސީއާ ހަވާލުކޮށްފި

އދ. މާމިގިލީގައި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ ކެމްޕަހެއް ޤާއިމްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުން އޮތީ ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އަރިއަތޮޅު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު މާމިގިއްޔަށް ވަޑައިގެން، ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ބޭއްވި ޖަލްސާގައެވެ.

އަައިޔޫއެމްގެ މާމިގިލީ ކެންޕަސް އިމާރާތް ކުރުމަށް ހަވާލުކުރީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއެވެ. އެއްބަސްވުމުގައި ސޮއިކުރެއްވީ އައިޔޫއެމްގެ ވައިސް ޗާންސެލަރ ޑރ. އަލީ ޒާހިރު ބިން ސަޢީދު ޤާސިމް އާއި އާރްޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޒީމް އެވެ.

ރޭގެ ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ އާބާދީއާއި ތަރައްޤީ އެއްފަސްކުރުމުގައި އދ. މާމިގިއްޔަކީ ލާމަސީލު ކާމީޔާބީއެއް ހޯދާފައިވާ، އަދި އެރޮނގުން ކުރިއަށްދިއުމުގެ ޝަޢުޤުވެރިކަން އޮތްރަށަކަށްވާއިރު، ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ ކެމްޕަހެއް ރަށުގައި ތަރައްޤީކުރެއްވުމަކީ ވަރަށް މުހިންމުކަމެއް ކަމަށެވެ.

މާމިގިލީގައި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ ކެމްޕަހެއް ގާއިމުކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދެކެވެ.

ގުޅުންހުރި ލިޔުންތައް