ބުރާސްފަތި, އޮކްޓޯބަރ 9, 2025
spot_img
- Advertisement -spot_img

ދިގުރަށު ސްކޫލްގެ އާ އިމާރާތުގެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފި

އދ. ދިގުރަށު ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާ މިއަދު ހަވާލުކޮށްފިއެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އދ. އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ދިގުރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ހާއްސަ ޖަލްސާގައެވެ.

މި އެއްބަސްވުމުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއުއެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމެވެ.

މި މަޝްރޫއުގެ ދަށުން ދިގުރަށު ސްކޫލުގައި އެޅުމަށް ހަމަޖެހިފައިވަނީ ތިން ބުރީގެ އިމާރާތެކެވެ.

”މި އިމާރާތް އެޅުމުގެ މައިގަނޑު މަގުސަދަކީ ސްކޫލުގެ ޖާގައިގެ ދަތިކަން ހައްލުކުރުން. މި މަޝްރޫއުގެ ސަބަބުން އިންފްރާސްޓްރަކްޗަރގެ ގޮތުން ވެސް ރަށަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ،“ ރައީސް ވިދާޅުވިއެވެ.

ރައީސްގެ މި ދަތުރުފުޅުގައި އެ ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއާއި، ޕޮލިސް ސްޓޭޝަނުގެ މަސައްކަތް ވަނީ ފައްޓަވާފައެވެ.

އަދި މީގެ އިތުރުން، އެރަށުގެ ސިއްހީ މަރުކަޒުގެ އާ އޮފީސް އިމާރާތް ރައީސް މުއިއްޒު ވަނީ ހުޅުއްވައިދެއްވާފައެވެ.

ގުޅުންހުރި ލިޔުންތައް