ބުރާސްފަތި, އޮކްޓޯބަރ 9, 2025
spot_img
- Advertisement -spot_img

ފުވައްމުލަކު އެއާޕޯޓުގެ މުވައްޒަފަކަށް ހަމަލާދިން ބަޔަކު ހައްޔަރުކޮށްފި

ފުވައްމުލަކު އެއާޕޯޓުގެ މުވައްޒަފަކަށް ހަމަލާދިން ބަޔަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ފުވައްމުލަކު އެއާޕޯޓްގެ ފެންސްމަތިން އަރަން އުޅުނު ބަޔަކު ހުއްޓުވި އެއާޕޯޓްގެ ސެކިޔުރިޓީ މުވައްޒަފަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައެއް މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ރޭ ފަތިހުގެ ވަގުތެއްގައި ހުށަހެޅިފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލާގައި ހައްޔަރުކުރީ ފުވައްމުލައް، ހޯދަޑު، ގުލްކޯޒްގެ، އުމުރުން 28 އަހަރުގެ ހަސަން ހުމާމް މުހައްމަދު އާއި ހަމަ އެ އަވަށު ޒަމްހަރީރުގޭ އުމުރުން 20 އަހަރުގެ އިބްރާހީމް ސިމާން އަހްމަދުގެ އިތުރުން ފުނާޑު، ސުހާނާ، އުމުރުން 29 އަހަރުގެ ބައްސާމް ސައީދު،29 އެވެ.

އެ އެންމެންގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް