- Advertisement -spot_img

ރަޝިޔާގެ އެސް7 އެއާގެ ދަތުރުތައް ރާއްޖެއަށް ފަށައިފި

ރަޝިޔާގެ އެސް7 ގެ ދަތުރުތައް ރާއްޖެ އަށް ފަށައިފިއެވެ.

އެ އެއާލައިނުން ވެލާޓާ އިންޓަނޭޝަނަލް އެއާޕޯޓަށް އިއްޔެ ފެށި ދަތުރާ އެކު، ފްލައިޓުން އައި ޓޫރިސްޓުންނަށް އެއާޕޯޓުން ހޫނު މަރުހަބާއެއް ވެސް ކިޔާފައިވެއެވެ.

މިއީ ރަޝިއާގެ މޮސްކޯ ފިޔަވައި އެ ގައުމުގެ އެހެން ސަރަހައްދަކުން ރާއްޖެއަށް ފެށި ފުރަތަމަ ޝެޑިއުލް ދަތުރުތަކެވެ. މި ދަތުރުތައް ކޮންމެ ހަފުތާއެއްގެ ހޯމަ އަދި ހުކުރު ދުވަހު ބާއްވަން ނިންމާފައިވާ އިރު، ދަތުރުތަކުގައި ބޭނުން ކުރާނީ އެއާބަސް އޭ320 މަރުކާގެ ބޯޓުތަކެވެ.

އެސް7 ގެ ދަތުރުތައް ރާއްޖެ އަށް ފެށި އިރު، މިހާރު ވެސް ރަޝިއާގެ އެއާލައިންތަކަކުން ރާއްޖެ އަށް ޝެޑިއުލް ދަތުރުތައް ބާއްވަ އެވެ. އަދި އެ ގައުމަކީ މިހާރު ރާއްޖެ އަށް ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ.

އެސް7 އެއާލައިންސް އަކީ މީގެ 34 އަހަރު ކުރިން 1992 ގައި ހިދުމަތަށް ނުކުތް އެއާލައިނެކެވެ. އެ އެއާލައިން 77 މަންޒިލަކަށް އުދުހެމުން އަންނަ އިރު، ފްލީޓްގައި 104 ބޯޓް އޮވެއެވެ.

ގުޅުންހުރި ލިޔުންތައް