- Advertisement -spot_img

އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރު ކަމުން ނިޔާޒު ވަކިކޮށްފި

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ މެނޭޖިން ޑައިރެކްޓަރުގެ މަގާމުން އަހުމަދު ނިޔާޒު ވަކިކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނީ އެމްޓީޑީސީގެ މެނޭޖިން ޑައިރެކްޓަރުގެ މަގާމުން ސ. މީދޫ، ހަސަންކާރިގެ / އަހުމަދު ނިޔާޛު މިއަދުން ފެށިގެން ވަކިކޮށްފައިވާ ކަމަށެވެ. ނިޔާޒް މަގާމުން ވަކިކުރި ސަބަބެއް ޕީސީބީން ހާމަކޮށްފައެއް ނުވެއެވެ.

ނިޔާޒަކީ 2007 އަހަރުން ފެށިގެން އެމްޓީޑީސީގައި މަސައްކަތް ކުރައްވަމުން ގެންދެވި ބޭފުޅެކެވެ. އޭނާ ވަނީ ތައުލީމީ ދާއިރާއިންނާއި މެނޭޖްމަންޓްގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވާފައެވެ.

މީގެއިތުރުންވެސް ޕީސީބީން މިއަދު ވަނީ ބައެއް ކުންފުނިތަކުގެ ބޯޑަށް ބަދަލުތަކެއް ގެނެސްފައެވެ.

އެގޮތުން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ބޯޑު މެންބަރު ކަމުގެ މަގާމަށް ގ.ބާނީ / އަޙްމަދު މާޒިން ވަނީ އައްޔަނުކޮށްފަ އެވެ. އަދި ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބޯޑަށް ދ.ބަނޑިދޫ، ފެހިވިނަ / ޝާހިދު މޫސާ، އައިލެންޑް އޭވިއޭޝަން ސަރވިސަސްގެ ބޯޑަށް ދ.ކުޑަހުވަދޫ، ތިކުރީތު / މަޢީޝާ އިބްރާހިމް އަދި ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަޤާމަށް މއ.ޝާހީން / ޢަބްދުﷲ ޔާމީން ވަނީ އައްޔަނުކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް