ސަރުކާރުގެ ފަސް ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުތަކަށް ބަދަލުތަކެއް ގެނެސްފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ދާދި ދެންމެއަކު ސޯޝަލްމީޑިއާގައި ކުރި ޕޯސްޓުތަކެއްގައި ބުނީ ސަރުކާރުގެ ދެ ކުންފުންޏެއްގެ ބޯޑުން ދެ ބޭފުޅަކު ވަކިކޮށްފައިވާ ކަމަށާއި ސަރުކާރުގެ އިތުރު ތިން ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅުންތަކެއް އައްޔަނުކޮށްފައިވާ ކަމަށެވެ.
އެގޮތުން އަލަށް އައްޔަންކުރި މެމްބަރުންނަކީ:
އެމްޓީސީސީގެ ޗެއާޕާސަން އަދި ބޯޑު ޑިރެކްޓަރަކަށް ސައާދާ އިބްރާހިމް، ދަފްތަރު ނަންބަރު ރސ 14819
އެމްއޭސީއެލްގެ ބޯޑު ޑިރެކްޓަރަކަށް އަހްމަދު ނާސިފް، ރިވާސައިޑް/ ސ. ހުޅުދޫ
އޭއައިއޭގެ ބޯޑު ޑިރެކްޓަރަކަށް ޝެރީނާ ސޯލިހު، ވެލްކަމްވިލާ/ ސ. ހިތަދޫ
ބޯޑުން ވަކިކުރީ:
ވީއެމްސީގެ ބޯޑު ޑިރެކްޓަރުގެ މަގާމުން އައިޝަތު އަލީ، މ. ވާރޭވިލާ/ މާލެ
އެމްޕީއެލްގެ ބޯޑު ޑިރެކްޓަރުގެ މަގާމުން އާމިނަތު ރައިޝަމް



