ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޑިރެކްޓަރުންގެ ބޯޑުން ޔޫސުފް ވަހީދު ވަކިކޮށްފި އެވެ.
އޭނަ މެންބަރުކަމުން ވަކިކުރިކަންޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނި ނަމަވެސް، ވަކިކުރި ސަބަބެއް ހާމައެއް ނުކުރެ އެވެ.
ޔޫސުފަކީ އޮސްޓްރޭލިއާގެ ޔުނިވަސިޓީ އޮފް ސައުތު އޮސްޓްރޭލިއާއިން މާސްޓާސް އޮފް ޕްރޮފެޝަނަލް އެކައުންޓިން އެންޑް ފައިނޭންސް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އޭނަ އެޗްޑީސީގެ ބޯޑު މެންބަރަކަށް އައްޔަންކުރީ 2024 ގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.
އެޗްޑީސީ އަކީ ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން ކޮރަޕްޝަންގެ ތުހުތުމަތައް އެންމެ ބޮޑަށް ކުރެވޭ އެއް ކުންފުންޏެވެ.



