އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

ނުކުޅަދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމަށް އެމްފީއެލް އާއިއެކު އެއްބަސްވެއްޖެ

ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި ފަގީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑާއި ދެމެދެ ފަހުމުނާމާއެއްގައި ސޮއި ކޮށްފިއެވެ.

އިޖްތިމާއީ ތަރައްގީއާއި ބެހޭ ވުޒާރާއިން ވިދާޅުވީ މި ފަހުމުނާމާގެ މަގުސަދަކީ ނުކުޅަދުންތެރިކަން ހުންނަ ފަރާތްތަކާއި، ދައުލަތުގެ ބެލުމުގެ ދަށުގައި ބަލަހައްޓަމުންދާ ފަރާތްތަކާއި، މާލީ ހާލަތުގެ ސަބަބުން ދިރިއުޅުމުގެ ހާލަތު ދަށްވެފައިވާ ފަރާތްތަކަށް މަސައްކަތުގެ ތަޖުރިބާ އަދި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުން ކަމަށެވެ.

ނުކުޅަދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމަށް އެމްފީއެލް އާއިއެކު ސޮއިކުރުން | ފޮޓޯ: އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ

އަދި މި ފަހުމުނާމާގެ ސަބަބުން، މި ފަރާތްތަކަށް މަސައްކަތުގެ މާހައުލުގައި ތަޖުރިބާ ހޯދުމާއި، ވަޒީފާގެ ދާއިމީ ފުރުސަތުތައް ލިބިގަތުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް އި ވުޒާރާއިން ވިދާޅުވިއެވެ.

ނުކުޅަދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމަށް އެމްފީއެލް އާއިއެކު ސޮއިކުރުން | ފޮޓޯ: އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ

މި ފަހުމުނާމާއަކީ އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، މުޖުތަމަޢުގެ އެންމެހައި ފަރުދުންނަށް ހަމަހަމަ ފުރުސަތުތައް ފަހިކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށްވެސް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ .

ގުޅުންހުރި ލިޔުންތައް