- Advertisement -spot_img

ކުޑަ ފިރިހެން ކުއްޖަކަށް ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް ބަލަނީ

ކުޑަ ފިރިހެން ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި ކަމަށް ފުލުހަށް ރިޕޯޓްކޮށްފިއެވެ.

ފުލުހުން ބުނި ގޮތުގައި އެ ރިޕޯޓް ލިބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށަކުންނެވެ. 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ އެ މައްސަލަ ފުލުހުން ތަހުގީގުކުރަމުން ގެންދާ ކަމަށް ބުންޏެވެ.

އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ. އެނގިފައިވާ ގޮތުގައި އެ ކަމުގެ ތުހުމަތުކުރެވެނީ އެ ކުއްޖާގެ ބޭބެއަށެވެ. އަދި އެ އަމަލު ކުރުމަށްފަހު އެ މަންޒަރުގެ ވީޑިއޯ ކުރި ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ޖިންސީ ގޯނާގެ މައްސަލަތައް ރާއްޖޭގައި ކަންބޮޑުވާ ދަރަޖައަކަށް ވަނީ އިތުރުވެފައެވެ. ތިން އަަހަރުގެ ތުއްތު އަންހެން ދަރިފުޅަށް ޖިންސީ ގޯނާކޮށް ވީޑިއޯ ނެގި ކަމުގެ ތުހުމަތުގައި 28 އަހަރުގެ ދިވެހި ފިރިހެނަކު ވެސް މި ފަހުން ވަނީ ހައްޔަރުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް