ހުޅުމާލެ ފޭސް 2 ގައި އައު މިސްކިތެއް ބިނާކުރުމަށްޓަކައި އިސްލާމީކަންތައްތަކާއި އައުގާފާ ބެހޭ ވުޒާރާއާއި ހިދުމަތް ޖަމިއްޔާއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި ކަން ހާމަކުރައްވާ އިސްލާމީކަންތައްތަކާއި އައުގާފާ ބެހޭ ވުޒާރާއިން ވަނީ ވުޒާރާއިގެ ފޭސްބުކް ޕޭޖްގައި ޕޯސްޓެއް ހިއްސާކޮށްފައެވެ.
މިކަމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ އިސްލާމީކަންތައްތަކާއި އައުގާފާ ބެހޭ ވުޒާރާގައެވެ. އެ ވުޒާރާއިން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
އިސްލާމީކަންތައްތަކާއި އައުގާފާ ބެހޭ ވުޒާރާ ވިދާޅުވީ މި މިސްކިތަކީ ފަޟީލަތުއްޝައިހް އިބްރާހިމް ފަރީދުގެ ހަނދާނުގައި ބިނާ ކުރެވޭ މިސްކިތެއް ކަމަށެވެ.
މި މިސްކިތުގައި އެ މިސްކިތް ބިނާ ކުރައްވާނީ އިސްލާމީ އިލްމުގެ ލައިބްރަރީއަކާއި ގުރުއާން ކިޔަވައިދެވޭނެ ކްލާސްރޫމްތަކެއްއެޅުމަށް ވަނީ ހަމަޖެހިފައެވެ.



