- Advertisement -spot_img

ޗީފް އޮފް ސްޓާފް ފަޔާޒު ސީނިއާ މިނިސްޓަރަކަށް ބަދަލުކޮށްފި

ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަބްދުﷲ ފަޔާޒުގެ މަގާމު ސީނިއާ މިނިސްޓަރު ފެންވަރަށް މަތިކޮށްފިއެވެ.

ރައީސް އޮފީހުގެ ވެބްސައިޓުން ފެންނަ ގޮތުގައި ސީނިއާ މިނިސްޓަރު ފެންވަރުގައި މި ވަގުތު ހުންނެވީ ވެސް ފަޔާޒު އެކަންޏެވެ. ނަމަވެސް މި ބަދަލު ގެނައި ދުވަހެއް އެނގިފައެއް ނުވެއެވެ.

އެންމެ ފުރަތަމަ ސީނިއާ މިނިސްޓަރުގެ ފެންވަރުގައި މި ސަރުކާރުގައި އައްޔަންކުރީ މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމެވެ. ނަމަވެސް މަޖިލީހަށް އިންތިހާބުވުމުން އަބްދުއްރަހީމް ވަނީ ރައީސްގެ ހާއްސަ އެޑްވައިޒަރުގެ ގޮތުގައި އައްޔަންކުރި މަގާމު ދޫކޮށްލައްވައިފަ އެވެ.

އޭގެ ފަހުން ސީނިއާ މިނިސްޓަރުގެ މަގާމަށް ބޭފުޅަކު ޕްރޮމޯޓްކޮށްފައެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް