- Advertisement -spot_img

ފެން ބިލް ދައްކައިގެން އުމްރާ ދަތުރެއް ލިބޭ ޕްރޮމޯޝަނެއް އެމްޑަބްލިޔުއެސްސީން ފަށައިފި

ފެން ބިލް ދައްކައިގެން އުމްރާ ދަތުރެއް ލިބޭ ޕްރޮމޯޝަނެއް އެމްޑަބްލިޔުއެސްސީން ފަށައިފިއެވެ.

އެމްޑަބްލިޔުއެސްސީން ބުނީ އެ ކުންފުނީގެ އީ ޕޯޓަލް ނުވަތަ އެޕް ބޭނުންކޮށްގެން ފެން ބިލް ދައްކާ ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ތިން މީހުންގެ ތެރެއިން ކޮންމެ މީހަކަށް 3000ރ. ލިބޭނެ ކަމަށެވެ.

މީގެއިތުރުން ގުރުއަތުން ހޮވޭ އެއް ފަރާތަކަށް އުމްރާ ދަތުރެއް ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ 1 މާޗް އިން 31 މެއިގެ ނިޔަލަށެވެ.

މާލޭގެ އިތުރުން ބައެއް ރަށްރަށަށް ވެސް އެމްޑަބްލިޔުއެސްސީން ފެނުގެ ޚިދުމަތް ފޯރުކޮށްދެއެވެ.

މީގެއިތުރުން އެ ކުންފުނީގެ ސަބްސިޑަރީ ކުންފުންޏެއްކަމަށްވާ އައިލެންޑް ބެވަރެޖަސް މޯލްޑިވްސް އިން އުފައްދާ ތާޒާ ފެނަކީ ރާއްޖޭގެ އެންމެންގެ އިތުބާރު ހޯދާފައިވާ މީރު ފެނެކެވެ.

ގުޅުންހުރި ލިޔުންތައް