ހޯމަ, ސެޕްޓެމްބަރ 22, 2025
spot_img
- Advertisement -spot_img

ވ. އަތޮޅުގެ ދެ ރަށެއްގައި ކުނި މެނޭޖުކުރާ މަރުކަޒު އަޅަން ހަވާލުކޮށްފި

ފަތުރުވެރިކަމާ ތިމާވެއްޓާބެހޭ ވުޒާރާއިން ވ. އަތޮޅު ފެލިދޫ އަދި ވ. ތިނަދޫގައި ކުނި މެނޭޖުކުރުމުގެ މަރުކަޒުތައް އަޅަން ބަޔަކާއި ހަވާލުކޮށްފިއެވެ.

ވ. އަތޮޅުގެ ދެ ރަށެއްގައި ކުނި މެނޭޖުކުރާ މަރުކަޒު އަޅަން ހަވާލުކުރުން | ފޮޓޯ: ފަތުރުވެރިކަމާ ތިމާވެއްޓާބެހޭ ވުޒާރާ

މި ދެ ރަށުގައި ކުނި މެނޭޖުކުރާ މަރުކަޒުތައް އަޅަން ޙަވާލުކޮށްފައިވަނީ ވީ އަވާ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑާއެވެ. މި އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު އަޙްމަދު ނިޒާމެވެ. އަދި ވީ އަވާ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ އެކުންފުނިތަކުގެ އިސްވެރިންނެވެ.

ވ. އަތޮޅުގެ ދެ ރަށެއްގައި ކުނި މެނޭޖުކުރާ މަރުކަޒު އަޅަން ހަވާލުކުރުން | ފޮޓޯ: ފަތުރުވެރިކަމާ ތިމާވެއްޓާބެހޭ ވުޒާރާ

މި މަޝްރޫޢުގެ ދަށުން، މި ދެ ރަށުގައި ޒަމާނީ ފެންވަރަށް ކުނި މެނޭޖުކުރުމުގެ ހިދުމަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ރަށްރަށުގެ ތިމާވެށި ރައްކާތެރިކޮށް، ސާފުތާހިރު މާހައުލެއް ގާއިމުކުރުމަށްޓަކައި ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ. މި މަޝްރޫޢަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި ދިވެހި ސަރުކާރުގެ އެހީތެރިކަމާއެކު ހިންގާ މަޝްރޫޢެކެވެ.

ގުޅުންހުރި ލިޔުންތައް