ބުދަ, ނޮވެމްބަރ 12, 2025
spot_img
- Advertisement -spot_img

މެލޭޝިޔާގައި ކުރިއަށްދާ އިސްލާމިކް ގަވަރނަންސް ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު އިމާމުންނަށް ހުޅުވާލައިފި

މެލޭޝިޔާގައި މި މަހުގެ 8 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާ އިސްލާމިކް ގަވަރނަންސް އަދި އެޑްމިނިސްޓްރޭޓިވް ކޯހުގެ ދެވަނަ ބުރުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ކޯހުގައި 10 ފަރާތަކަށް ފުރުސަތު ދިނުމަށް ހަމަޖެހިފައިވާއިރު މި ކޯހުގައި ބައިވެރިވުމުގެ ޝަރުތަކީ އިނގިރޭސި ބަހުން މުޢާމަލާތް ކުރަން އެނގުމާއި، ވުޒާރާއިން ޚިޔާރުކޮށްފައިވާ ފަރާތެއްކަމުގައި ވުމާއި އިމާމުކަމުގެ ތަޖުރިބާހުރި ފަރާތަކަށް ވުމެވެ.

މި ކޯހުގައި ބައިވެރިވާ ފަރާތްތަކުގެ ޓިކެޓު ޚަރަދު ކުރުމަށް ހަމަޖެހިފައިވާ އަމިއްލައަށެވެ.

2024 ވަނަ އަހަރުވެސް މެލޭޝިޔާއިން އިމާމުންނަށް ތަމްރީނާއި ތަޖުރިބާގެ ފުރުސަތު ހޯދައިދެވިފައިވާކަން ފާހަގަކޮށްލެވެއެވެ.

ގުޅުންހުރި ލިޔުންތައް