ހޯމަ, ސެޕްޓެމްބަރ 22, 2025
spot_img
- Advertisement -spot_img

ލަންކާގެ ކުރީގެ ރައީސް ރަނިލް ހައްޔަރުކޮށްފި

ލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރަމަސިންހާ ހިޔާނާތުގެ މައްސަލައެއްގައި ހައްޔަރުކޮށްފިއެވެ.

ރަނިލް ހައްޔަރުކުރީ، ލަންކާގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ) އިން ކުރިއަށްގެންދާ ތަހުގީގަކާ ގުޅިގެންނެވެ.

ލަންކާގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި، މި މައްސަލައަކީ ރަނިލް ރައީސްކަމުގެ މަގާމުގައި ހުރި އިރު،  އަނބިކަނބަލުން ޕްރޮފެސަރު މައިތުރީ ވިކްރަމަސިންހަގެ ގްރެޖުއޭޝަން ރަސްމިއްޔާތަށް އިނގިރޭސިވިލާތުގެ ލަންޑަނަށް ކުރެއްވި ދަތުރަށް ސަރުކާރުގެ ފައިސާއިން ޚަރަދުކުރި މައްސަލައެކެވެ.

ތަހުގީގީ އިދާރާތަކުން ހާމަކުރާ ގޮތުގައި، މި ދަތުރަކީ ރަސްމީ ހައިސިއްޔަތުން ކުރި ދަތުރެއް ނޫނެވެ. އެހެންނަމަވެސް، މި ދަތުރަށް ސަރުކާރުގެ ވަސީލަތްތަކުން ޚަރަދުކޮށްފައިވާކަން ތަހުގީގުން އިނގެން އޮތްކަމަށް ރިޕޯޓުތަކުން ބުނެއެވެ.

ސީއައިޑީގެ ތަހުގީގުން ހާމަވެފައިވާ ގޮތުގައި، މި ދަތުރަށް އިތުރު 10 މީހުން ބައިވެރިކުރެވުނެވެ. އަދި މުޅި ދަތުރަށް ސަރުކާރުގެ ބަޖެޓުން ޖުމުލަ 16.9 މިލިއަން ރުޕީސް ޚަރަދުކޮށްފައިވެއެވެ.

ރަނިލް ވިކްރަމަސިންހާއަކީ ފާއިތުވި އަހަރުތަކުގައި ސްރީ ލަންކާގައި ހައްޔަރުކުރެވުނު އެންމެ މަތީ ފަންތީގެ ސިޔާސީ ޝަޚްޞިއްޔަތެވެ.

ގުޅުންހުރި ލިޔުންތައް