- Advertisement -spot_img

ފުލުހުންގެ ބަންދުގައި ހުއްޓާ މަރުވި މީހާގެ ޕޯސްޓްމޯޓަމް ހަދަނީ

ފުލުހުންގެ ބެލުމުގެ ދަށުގައި އަތޮޅުވެހީގައި ހުއްޓާ މަރުވި މީހާގެ ޕޯސްޓްމޯޓަމް ހަދަން ނިންމައިފިއެވެ.

މި ހާދިސާގައި މަރުވެފައިވަނީ ޒާމިލު/މާލެ، އަހުމަދު އަފްރާހު (48އ) އެވެ. އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައިވާކަން ފުލުހުން ވަނީ ހާމަކޮށްފައެވެ.

އަފްރާހު ބަންދުގައި ހުރީ އަތޮޅުވެހީގެ ހަތް ނަމްބަރު ގޮޅީގައެވެ. ނަމަވެސް އޭނާ ބަންދުގައި ބަހައްޓާފައިހުރީ ކޮން މައްސަލައެއްގައި ކަން ފުލުހުން ހާމައެއް ނުކުރެއެވެ.

ފުލުހުން ބުނިގޮތުގައި އިއްޔެ ފަތިހު 5:50 ހާއިރު ބެލިއިރު އޭނާގެ ހަރަކާތް ހުއްޓިފައިވާކަމަށް ވަނީ ފާހަގަ ކުރެވިފައެވެ. އެކަމާއި ގުޅިގެން އައިޖީއެމްއެޗަށް ގެންދިޔަ ކަމަށާއި އަފްރާހު ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ. އޭގެ އިތުރުން ފުލުހުން ބުނީ މަރުވި މީހާ ހައްޔަރުކޮށްފައިވަނީ މި މަހުގެ 15 ވަނަ ދުވަހުގައި ކަމަށެވެ.

ފުލުހުން ބުނީ މި ހާދިސާގެ މައުލޫމާތު ހިއުމަން ރައިޓްސް ކޮމިޝަންސް އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އަދި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް މިހާރު ވަނީ ހިއްސާކޮށްފައިކަމަށެވެ. އަދި މި ހާދިސާއާއި ގުޅިގެން ކަން ހިނގާފައިވާ ގޮތުގެ އެތެރޭގެ ތަހުގީގެއް ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ދަނީ ކުރިއަށް ގެންދަމުންދާނެކަމަށެވެ.

މިމައްސަލަ ފުލުހުންގެ ހިދުމަތުގެ މޭޖާ ކްރައިމް އިންވެސްޓިގޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް