- Advertisement -spot_img

މަޖިލީހުގެ ކުރީގެ މެންބަރު ރާމިޒު އަވަހާރަވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ރާމިޒު އަވަހާރަވެއްޖެއެވެ.

އޭނާ އަވަހާރަވީ ރޭގެ ވަގުތެއްގައި މާލޭގައެވެ. މިއަދުގެ އަސްރު ނަމަދަށްފަހު އިސްލާމީ މަރުކަޒުގައި ރާމިޒުގެ ކަށުނަމާދު ބާއްވަން ވަނީ ނިންމާފައެވެ.

ރާމިޒަކީ ގއ. އަތޮޅުގެ މެންބަރުކަމާއި ޚާއްސަ މަޖިލީހުގެ މެންބަރުކަން ކުރެއްވި ބޭފުޅެކެވެ. ގއ. ވިލިނގިއްޔަށް ނިސްބަތްވެވަޑައިގަންނަވާ ރާމިޒު ވަނީ އެ ރަށަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ވެސް އޭނާ ވަނީ ހިދުމަތް ކުރައްވާފައެވެ.

ރާޒިމުގެ އާއިލާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ތައުޒިޔާ ފޮނުއްވާފައެވެ.

ގުޅުންހުރި ލިޔުންތައް