ހޯމަ, ސެޕްޓެމްބަރ 22, 2025
spot_img
- Advertisement -spot_img

ފަލަސްތީނަށް ސަޕޯޓްކޮށް އިނގިރޭސިވިލާތުގައި ސުލްޙަވެރި މުޒާހަރާކުރި 60 މީހަކަށް ދަޢުވާކުރަން ނިންމައިފި

ފަލަސްތީނަށް ސަޕޯޓްކޮށް އިނގިރޭސިވިލާތުގައި ސުލްޙަވެރި މުޒާހަރާކުރި އިތުރު 60 މީހުން ދަޢުވާކުރަން އެޤައުމުގެ ސަރުކާރުން ނިންމައިފިއެވެ.

ހައްދުފަހަނައަޅާފައިވާ އިޒްރޭލު މީހުން ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގަމުންދާ ނަސްލު ނައްތާލުމުގެ ގަތުލުއާމާއި ދެކޮޅަށް މުޒާހަރާކޮށްގެން މިއަހަރުގެ ޖުލައި 7 ވަނަ ދުވަހުން ފެށގެން މިހާތަނަށް އެޤައުމުގައި 700 އަށްވުރެ ގިނަ މީހުން ސުލްހަވެރި އިހުތިޖާޖުތަކުގައި ހައްޔަރުކުރެވިފައިވެއެވެ.

ލަންޑަންގެ މެޓްރޮޕޮލިޓަން ފުލުހުން ބުނާ ގޮތުގައި މީގެތެރެއިން މަދުވެގެން 60 މީހަކާމެދު ދަޢުވާ ކުރެވޭނެއެވެ. އެއީ ޕެލެސްޓައިން އެކްޝަން އަށް ”އެހީތެރިވުން“ ދެއްކުމުގެ ކުށުގައެވެ. މިއީ ޣައްޒާގައި އިސްރާއީލުން ހިންގާ ނަސްލު ނައްތާލުމުގެ ޢަމަލުތަކާ ދެކޮޅަށް އިހުތިޖާޖުކުރުމުގެ ސަބަބުން ފާއިތުވި މަހު ”ޓެރަރިސްޓް ޖަމާޢަތެއް“ ގެ ގޮތުގައި ބަންކުރެވުނު އެކްޓިވިސްޓް ގްރޫޕެއްކަމަށް އެޤައުމުން ބުނެއެވެ.

ފަލަސްތީނަށް ސަޕޯޓްކޮށް އިނގިރޭސިވިލާތުގައި ސުލްޙަވެރި މުޒާހަރާކުރާ ފަރާތްތައް ހައްޔަރުކުރަނީ

”ބޭނުންވެއްޖެ ހިނދެއްގައި ކޮންމެ ހަފްތާއަކު ގިނަ އަދަދެއްގެ މީހުންނާމެދު ތަހުގީގުކޮށް ދަޢުވާކުރެވޭނެ އިންތިޒާމުތައް އަޅުގަނޑުމެން ހަމަޖައްސާފައިވާނެ“ ކަމަށް ފުލުހުން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އދ އާއި އެމްނެސްޓީ އިންޓަނޭޝަނަލް އަދި ގްރީންޕީސް ފަދަ ފާޑުކިޔާ ފަރާތްތަކުން ބުނެފައިވަނީ މި ބަންކުރުމަކީ ހައްދުފަހަނައަޅާފައިވާ ކަމެއް ކަމަށާއި އޭގެ ސަބަބުން ޚިޔާލިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅިދާނެ ކަމަށެވެ.

ފަލަސްތީނަށް ސަޕޯޓްކޮށް އިނގިރޭސިވިލާތުގައި ސުލްޙަވެރި މުޒާހަރާކުރާ ފަރާތްތައް ހައްޔަރުކުރަނީ

ޑައިރެކްޓަރ އޮފް ޕަބްލިކް ޕްރޮސެކިއުޝަންސް ސްޓީފަން ޕާކިންސަން ބުނެފައިވަނީ އެންމެ ފަހުން ނިންމުނު ނިންމުންތަކަކީ ފަހުގެ އިހުތިޖާޖުތަކުން ނެރެވުނު ”ފުރަތަމަ މުހިންމު އަދަދުތައް“ ކަމަށެވެ. އަދި އިތުރަށް އޭނާ ބުނެފައިވަނީ: ”ކުރިއަށް އޮތް ހަފްތާތަކުގައި މިއަށްވުރެ ގިނަ އަދަދެއް ފެނިދާނެއެވެ. އިޒްރޭލާއި ދެކޮޅަށް މުޒާހަރާކުރާ ކޮންމެ މީހަކަށްވެސް މިކަމުގެ ސަބަބުން ކުރިމަތިވާނެ ޙަޤީޤީ ނަތީޖާތަކާމެދު ސާފުކޮށް އެނގެން ޖެހޭނެއެވެ.“

ފަލަސްތީނުގެ ރައްޔިތުންނަށް ތާއީދުކުރާ މީހުންނާމެދު ދަޢުވާކުރުމަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ކުރިމަތިވެފައިވާ ނުރައްކަލެއް ކަމަށް ގިނަ ފަރާތްތަކުން ދެކެއެވެ. މިފަދަ ފިޔަވަޅުތަކުގެ ސަބަބުން ޑިމޮކްރަސީގެ އަސާސްތަކަށް އަސަރުކޮށް، ސުލްޙަވެރި އިހުތިޖާޖުކުރުމުގެ ޙައްޤަށް ހުރަސްއެޅިދާނެ ކަމަށް ބެލެވެއެވެ.

ޔޫކޭގެ އިކުއަލިޓީ އެންޑް ހިއުމަން ރައިޓްސް ކޮމިޝަނުންވެސް ”ހަރުކަށި“ އުސޫލުތަކާ ދެކޮޅަށް އިންޒާރުދީފައިވެއެވެ. އަދި އެ ކޮމިޝަނުން ސަރުކާރާއި ފުލުހުންނަށް ނަށް ގޮވާލާފައިވަނީ އިހުތިޖާޖުތަކާ ގުޅޭ ފުލުހުންގެ ޢަމަލުތައް ހުންނަންވާނީ އެކަށީގެންވާ މިންވަރަށް އަދި ސާފު ޤާނޫނީ މިންގަނޑުތަކަކުން މަގުދައްކައިދޭ ގޮތަށް ކަމަށް ކަށަވަރުކުރުމަށެވެ.

މި ފިޔަވަޅުތަކަކީ ވަރަށް ބޮޑަށް ކަންބޮޑުވާންޖެހޭ ކަމެކެވެ. ސަބަބަކީ މިއީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ސުލްޙަވެރިކޮށް އިހުތިޖާޖުކުރުމުގެ ޙައްޤަށް ސީދާ އަސަރުކުރާ ކަމެއް ކަމަށްވާތީއެވެ. ޓެރަރިޒަމް އެކްޓުގެ ދަށުން މިފަދަ އިހުތިޖާޖުތަކުގައި ބައިވެރިވާ މީހުންނާމެދު ދަޢުވާކުރުމަކީ އެ ޤާނޫނު ނަހަމަގޮތުގައި ބޭނުންކުރުން ކަމަށް ބެލެވިދާނެއެވެ. އަދި މިކަމުގެ ސަބަބުން ޑިމޮކްރެޓިކް މުޖުތަމަޢުއެއްގައި ހުންނަންޖެހޭ އަސާސީ މިނިވަންކަންތަކަށް ނުރައްކާވާނެއެވެ.

ގުޅުންހުރި ލިޔުންތައް