- Advertisement -spot_img

”އިހުސާސް“ ކުރެހުމުގެ މަޢުރަޒު ރައީސް ޑރ. މުޢިއްޒު ބައްލަވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ”އިހުސާސް“ ކުރެހުމުގެ މަޢުރަޒު ބައްލަވާލައްވައިފިއެވެ.

ނޭޝަނަލް އާޓް ގެލެރީގައި ކުރިއަށްދާ މި މަޢުރަޒަކީ، ރާއްޖޭގެ ހުނަރުވެރި ފަންނުވެރިއެއް ކަމަށްވާ އަބްދުالله ފާއިޒް، ދިވެހިރާއްޖޭގެ އާސާރީ ތަންތަނާއި، އެހާރާއި މިހާރުގެ ދިރިއުޅުން ދައްކުވައިދޭ ކުރެއްހުންތައް ދައްކާލުމަށް ކުރިއަށް ގެންދާ މަޢުރަޒެކެވެ. ރާއްޖޭގެ އިތުރުން ރާއްޖެއާއި އަވަށްޓެރި ބައެއް ގައުމުތަކުގެ ކުރެހުންތައް ވެސް މަޢުރަޒުގައި ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މަޢުރަޒުގެ ކުރެހުންތައް ބައްލަވާލައްވައި މެހުމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.

މި އޮގަސްޓް މަހުގެ 6 އިން 16 އަށް ނޭޝަނަލް އާޓް ގެލެރީގައި ކުރިއަށްގެންދާ މި މަޢުރަޒުގައި ފަންސާސް ކުރެހުން ވަނީ ދައްކާލާފައެވެ.

ގުޅުންހުރި ލިޔުންތައް