- Advertisement -spot_img

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ތިން މީހަކު ހޯދަނީ


ސިވިލް ކޯޓަށް އަދި ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މަސައްލަތަކަކާއި ގުޅިގެން އެ ކޯޓުތަކަށް ހާޒިރުވުމަށް 3 މީހަކު ހޯދުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިއުލާންކޮށްފިއެވެ.

އެގޮތުން ފުރަތަމަ އިޢުލާނުގައި ހޯދަން އަމުރުކޮށްފައިވަނީ ދަފްތަރު ނަންބަރު 020 / ބ. ދަރަވަންދޫ، ޙަމްދޫން ޢަބްދުﷲ (40އ) އެވެ.

މިއީ ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ހޯދާ މީހެކެވެ.

ޙަމްދޫން ޢަބްދުﷲ ހޯދަމުންދަނީ އޭނާގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން 2025 އޮގަސްޓް 13 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް ސިވިލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.

ދެވަނަ ފަރާތެއްގެ ގޮތުގައި ހޯދުމަށް އިއުލާންކޮށްފައިވަނީ ހޯދަޑު. ރައުޟާ / ޏ. ފުވައްމުލައް، މުޢިއްޒު އަޙްމަދު ފާރޫޤް (24އ) އެވެ.

މިއީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ހޯދާ މީހެކެވެ.

މުޢިއްޒު އަޙްމަދު ފާރޫޤް ހޯދަމުންދަނީ އޭނާގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން 2025 އޮގަސްޓް 14 ވަނަ ދުވަހުގެ 15:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.

ތިންވަނަ ފަރާތެއްގެ ގޮތުގައި ހޯދުމަށް އިޢުލާންކޮށްފައިވަނީ މއ. އަދުންކޮށީގެ / މާލެ، އަޙްމަދު ޝާފިޢީ (44އ) އެވެ.

މިއީ ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ހޯދާ މީހެކެވެ.

އަޙްމަދު ޝާފިޢީ ހޯދަމުންދަނީ އޭނާގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން 2025 އޮގަސްޓް 14 ވަނަ ދުވަހުގެ 10:30 އަށް ސިވިލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.

މިއިން އެއްވެސް ފަރާތެއްގެ މައުލޫމާތެއް ލިބިފައިވާ މީހަކު ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ދިވެހި ފުލުހުންގެ ފަރާތުން އެދިލައްވައެވެ.

ގުޅުންހުރި ލިޔުންތައް