- Advertisement -spot_img

ފުލުހުން ބަލަމުންދާ މައްސަލައެއްގެ ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކޮށްފި

ހުޅުމާލެ ފޭސް އެކެއް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ ވައްކަމުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކޮށްފިއެވެ.

ފުލުހުންގެ ތަޙުޤީގަށް ހާޒިރުވުމަށް އަންގާފައިވަނީ އަސްޢަދު ޢަލީ، މ. ރިހިވިދުވަރުގެ / މާލެ، އައިޑީ ކާޑު ނަންބަރ: A383791، (31އ) އަށެވެ.

ހާޒިރުކުރެވޭ ހައިސިއްޔަތެއްގެ ގޮތުގައި އެފަރާތުން ބުނެފައިވަނީ މައްސަލައިގެ ތަހުގީގަށް ތުހުމަތުގައި ސުވާލުކުރުމަށްކަމަށެވެ. އަދި ހާޒިރުވާންޖެހޭ ތަނާއި ތާރީޙާއި ގަޑިއަކީ  ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަން، 2025 އޮގަސްޓް 17ވަނަ ދުވަހުގެ 14:00 އަށް ކަމަށްވެސް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް