ހޯމަ, ސެޕްޓެމްބަރ 22, 2025
spot_img
- Advertisement -spot_img

ފަލަސްތީނުގެ އޮފިޝަލުންނަށް ވިސާ ނުދިނުމަށް ނިރުބަވެރިންނަށް ވާގިވެރިވާ އެމެރިކާއިން ނިންމައިފި

ފަލަސްތީނުގެ ސަރުކާރީ އޮފިޝަލުންނަށް އެ ގައުމަށް ވަނުމުގެ ހުއްދަ ނުދިނުމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނިންމައިފިއެވެ.

މި ނިންމުން އިއުލާން ކޮށްފައިވަނީ އިއްޔެ އެ ޑިޕާޓްމަންޓުގެ އިސް އޮފިޝަލަކު މެދުވެރިކޮށެވެ.

މި އާ ސިޔާސަތުގެ ދަށުން ފަލަސްތީން އޮތޯރިޓީ (ޕީއޭ) އާއި ޕަލެސްޓައިން ލިބަރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ) ގެ އޮފިޝަލުންނަށް އެމެރިކާގެ ވިސާ ދޫނުކުރުމަށް ނިންމާފައިވާ ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ހާމަކޮށްފައިވެއެވެ. މީގެ އިތުރުން ފަލަސްތީނު ސަރުކާރާ ގުޅުން ހުރި އެހެން ޖަމާއަތްތަކަށްވެސް މި ފިޔަވަޅު ތަންފީޒު ކުރާނެ ކަމަށް ބުނެފައިވެއެވެ.

އެމެރިކާއިން މި ފިޔަވަޅު އަޅާފައިވަނީ ފަލަސްތީނަށް ދައުލަތެއްގެ ގޮތުގައި ބައިނަލްއަގުވާމީ ގަބޫލުކުރުން ހޯދުމަށް ޔޫރަޕްގެ ގައުމުތަކުން ކުރަމުންދާ މަސައްކަތްތައް އިތުރުވަމުންދާ ވަގުތެއްގައެވެ. އދ. ގައި ފަލަސްތީނުގެ މެންބަރޝިޕް މައްސަލައާ ގުޅޭ ގޮތުން ބޭއްވޭ މަޝްވަރާތަކާ ގުޅިގެންވެސް މި ފިޔަވަޅު އެޅިފައިވާ ކަމަށް ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓުތަކުން ފާހަގަ ކުރެއެވެ.

ގުޅުންހުރި ލިޔުންތައް