އާދިއްތަ, ޖުލައި 27, 2025
spot_img
- Advertisement -spot_img

ހުޅުމާލޭ އޮރެންޖް ހިޔާގައި 30 އެނދުގެ ޑަލަލިސިސް ސެންޓަރެއް ހުޅުވައިފި

ހުޅުމާލޭގައި 30 އެނދުގެ ޑަލަލިސިސް ސެންޓަރެއް ހުޅުވައިފިއެވެ.

ހުޅުމާލޭ އޮރެންޖް ހިޔާގައި ހުންނަ މި ސެންޓަރު ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުޢިއްޒުއެވެ. އެއަށްފަހު ރައީސުލްޖުމުހޫރިއްޔާ ވަނީ ޑަޔަލިސިސް ސެންޓަރު ބައްލަވާފައެވެ.

ހުޅުމާލޭ އޮރެންޖް ހިޔާގައި 30 އެނދުގެ ޑަލަލިސިސް ސެންޓަރެއް ހުޅުވުމުގެ ރަސްމިއްޔާތު | ފޮޓޯ؛ ރައީސް އޮފީސް

ހުޅުމާލޭގައި މިހާރު ޑައަލިސިސް ޚިދުމަތް ދިނުމަށް ހުންނަނީ 10 އެނދުގެ ސެންޓަރެކެވެ. މި 30 އެނދުގެ ސެންޓަރާއި އެކު ދުވާލެއްގެ މައްޗަށް 150 އަށް ވުރެ ގިނަ މީހުންނަށް ފަރުވާދެވޭނެ ކަމަށެވެ.

ހުޅުމާލޭ އޮރެންޖް ހިޔާގައި 30 އެނދުގެ ޑަލަލިސިސް ސެންޓަރެއް ހުޅުވުމުގެ ރަސްމިއްޔާތު | ފޮޓޯ؛ ރައީސް އޮފީސް

މިހާރު ހުޅުމާލޭ ހޮސްޕިޓަލުގައި 80 އަށް ވުރެ ގިނަ މީހުން ޚިދުމަތް ހޯދަމުން އަންނަކަމަށް ހުޅުމާލޭ ހޮސްޕިޓަލުން މައުލޫމާތުދެއެވެ.

ހުޅުމާލޭގެ ޑަޔަލިސިސް ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައިސް، މިނިސްޓަރ އޮފް ހެލްތު އަބުދުﷲ ނާޒިމް އިބްރާހީމް އަދި މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއ އަބުދު ރައްޒާޤް ހަލީމްވެސް ބައިވެރވަޑައިގެންނެވިއެވެ.

ގުޅުންހުރި ލިޔުންތައް