ހޯމަ, ސެޕްޓެމްބަރ 22, 2025
spot_img
- Advertisement -spot_img

ނޭޝަނަލް ކެރިޔަރސް ސަރވިސަސްގެ ފަރާތުން ދުވާފަރު އަދި އުނގޫފާރުގައި އައުޓްރީޗް ޕްރޮގްރާމްތަކެއް!

ނޭޝަނަލް ކެރިޔަރސް ސަރވިސެސް (އެން.ސީ.އެސް)ގެ ފަރާތުން ރ އަތޮޅުގެ ދުވާފަރު އަދި އުނގޫފާރުގައި ވަޒީފާގެ މައިދާނަށް އަލަށް ނިކުންނަ ޒުވާނުންނަށް ތަފާތު ހުނަރުތައް ދަސްކޮއްދިނުމުގެ ގޮތުން އައުޓްރީޗް ޕްރޮގްރާމްތަކެއް ކުރިއަށްގެންދިޔުމަށް ވަނީ ތައްޔާރުވެފައެވެ.

ނޭޝަނަލް ކެރިޔަރސް ސަރވިސަސްގެ ފަރާތުން ދުވާފަރުގައި ހިންގާ އައުޓްރީޗް ޕްރޮގްރާމް

ދުވާފަރުގައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ އައުޓްރީޗް ޕްރޮގްރާމް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ 15 ޖުލައި 2025 ވާ އަންގާރަ ދުވަހުއެވެ. އަދި އުނގޫފާރުގައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ އައުޓްރީޗް ޕްރޮގްރާމް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ 16 ޖުލައި 2025 ވާ ބުދަ ދުވަހުއެވެ.

ނޭޝަނަލް ކެރިޔަރސް ސަރވިސަސްގެ ފަރާތުން ދުވާފަރުގައި ހިންގާ އައުޓްރީޗް ޕްރޮގްރާމް

މި އައުޓްރީޗް ޕްރޮގްރާމްތަކުގައި، ކެރިޔާ ގައިޑެންސް، ޖޮބް ސެންޓަރ ޕޯޓަލްއަށް އަހުލުވެރިކުރުވުމާއި، ޒުވާނުންގެ ހުނަރުވެރިކަން އިތުރުކުރުމަށް އިސްނަގައިގެން ކުރެވިދާނެ މަސައްކަތްތަކާއި، ސީ.ވީ ތައްޔާރުކުރުމާއި ވަޒީފާ ހޯދުމަށް އިންޓަވިއުއަށް ތައްޔާރުވުމުގައި ސަމާލުކަންދޭންޖެހޭ ކަންކަމުގެ މައްޗަށް އަލިއަޅުވައިލެވޭނެއެވެ.

ގުޅުންހުރި ލިޔުންތައް