އާދިއްތަ, އޮކްޓޯބަރ 12, 2025
spot_img
- Advertisement -spot_img

އައްޑޫގައި ހަދާފައިވާ ނުރައްކާތެރި ކުނި މެނޭޖްކުރުމުގެ މަރުކަޒު ވެމްކޯއާ ހަވާލުކުރަން އެއްބަސްވުމެއްގައި ސޮއިކޮށްފި

ފަތުރުވެރިކަމާއި ތިމާމާވެއްޓާއި ބެހޭ ވުޒާރާއިން، ވެމްކޯ (ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް) އާ ގުޅިގެން، އައްޑޫގައި ގާއިމުކޮށްފައިވާ ވަގުތީ ނުރައްކާތެރި ކުނި އަދި ކެމިކަލްސް ރައްކާކުރާ މަރުކަޒު އެ ކުންފުނިންޏާއި ހަވާލުކުރުމަށް އެމް.އޯ.ޔޫ އެއްގައި ސޮއިކޮށްފިއެވެ.

މި މަރުކަޒަކީ، ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް.) ޕްރޮޖެކްޓްގެ ދަށުން ”އެލިމިނޭޓިންގ ޕޮޕްސް ތްރޫ ސައުންޑް މެނޭޖްމަންޓް އޮފް ކެމިކަލްސް“ މިނަމުގައި ހިންގާ ޕްރޮޖެކްޓްގެ ދަށުން ގާއިމުކުރެވުނު މަރުކަޒެކެވެ. މި އެމް.އޯ.ޔޫގެ ދަށުން، މި މަރުކަޒު ހިންގާ ބަލަހައްޓާނެ ފަރާތަކީ ވެމްކޯއަށް ވެގެންދާނެއެވެ.

އައްޑޫގައި ހަދާފައިވާ ނުރައްކާތެރި ކުނި މެނޭޖްކުރުމުގެ މަރުކަޒު ވެމްކޯއާ ހަވާލުކުރަން އެއްބަސްވުމެއްގައި ސޮއިކުރުން

މި އެއްބަސްވުމުގެ މައިގަނޑު މަޤްސަދަކީ، ރާއްޖޭގައި، ޚާއްސަކޮށް އައްޑޫ ސިޓީގައި، ނުރައްކާތެރި ކުނި އަދި ކެމިކަލްސް ރައްކާތެރިކަމާއެކު މެނޭޖްކުރުމުގެ ޤާބިލުކަން އިތުރުކޮށް، ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަކުރުމެވެ. މި މަރުކަޒުގެ ސަބަބުން، ”ޕަރސިސްޓެންޓް އޯގަނިކް ޕޮލިއުޓެންޓްސް“ (ޕޮޕްސް) ފަދަ ނުރައްކާތެރި ކެމިކަލްތައް ނައްތާލުމަށް ބޭނުންވާ މަގުފަހިވެ، އާންމު ރައްޔިތުންނާއި ތިމާވެށި ރައްކާތެރިކުރުމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.

ވެމްކޯއަށް މި މަރުކަޒު ހަވާލުކުރުމާއެކު، އައްޑޫ ސިޓީގެ ރައްޔިތުންނަށް ނުރައްކާތެރި ކުނި ނައްތާލުމަށް ފަސޭހަ މަގެއް ފަހިވެ، ކުނި މެނޭޖްކުރުމުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާވެގެންދާނެއެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ކުނި މެނޭޖްކުރުމުގެ ނިޒާމު ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތްކޮށް ކުރިއެރުވުމަށްވެސް އެހީތެރިވެގެންދާނެއެވެ.

ގުޅުންހުރި ލިޔުންތައް