- Advertisement -spot_img

ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގެ 4 ވަނަ ބެޗު 352 ޒުވާނުންނާއެކު އިފުތިތާޙުކޮށްފި

ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގެ ތެރެއިން ކުރިއަށް ގެންދާ ނޭޝަނަލް ސަރވިސް އިނީޝަލް ޓްރޭނިންގ ގެ 4 ވަނަ ބެޗުގެ ތަމްރީނުތައް 352 ޒުވާނުންނާއެކު ރަސްމީކޮށް އިފުތިތާޙުކޮށްފިއެވެ.

މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވަނީ ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭހެން 125 ރަށަކަށް ނިޞްބަތްވާ ޒުވާނުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 288 ފިރިހެން ޒުވާނުންނާއި 64 އަންހެން ޒުވާނުންނެވެ.

ރައީސް މުޙައްމަދު މުޢިއްޒު ވަނީ މި ތަމްރީނުގައި ބައިވެރިވާ ހުރިހާ ޒުވާނުންނަށް ކާމިޔާބީއަށް އެދިވަޑައިގެންފައެވެ. އަދި ޕްރޮގްރާމް ފުރިހަމަކުރުމަށް ހިތްވަރާއި ޢަޒުމާއެކު މަސައްކަތް ކުރުމަށް އެމަނިކުފާނު ވަނީ ނަޞޭޙަތްތެރިވެވަޑައިގެން ހިތްވަރު ދެއްވާފައެވެ.

ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަކީ، މާތް ﷲ ގެ ވާގިފުޅާއެކު، މި ޤައުމުގެ ޒުވާނުންގެ ކުރިމަގު ބައްޓަންކުރުމަށް އެޅިގެންދާ ވަރަށް ހަރުދަނާ ބިންގަލަކަށް ވެގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް