- Advertisement -spot_img

ރާއްޖެ އާއި އަރްމީނިއާއާ ދެމެދު ސީދާ ދަތުރުތައް ފަށަނީ

ރާއްޖެ އާއި އަރްމީނިއާއާ ދެމެދު ސީދާ ވައިގެ ދަތުރުތައް އަންނަ މަހުގެ 7 ވަނަ ދުވަހުން ފެށިގެން އަލުން ފެށުމަށް އަރްމީނިއާގެ އެއާލައިނެއް ކަމަށްވާ ”ޝިރަކް އޭވިއާ“ އިން ނިންމައިފިއެވެ.

އަރްމީނިއާގެ ވެރިރަށް ޔެރެވާންގެ ޒްވާރްޓްނޮޓްސް އިންޓަނޭޝަނަލް އެއާޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ކުރާ މި ދަތުރުތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ބޯއިން 737-800 މަރުކާގެ ބޯޓުތަކެވެ.

މި ދަތުރުތަކާ ގުޅޭ އިތުރު ތަފްސީލު:

ދަތުރުތަކުގެ ތާވަލު: ކޮންމެ ހަފުތާއެއްގެ ހޮނިހިރު ދުވަހު ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މި ދަތުރުތައް އަންނަ އަހަރުގެ މާޗް މަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.

ޓިކެޓުގެ އަގު: އެއްކޮޅު ޓިކެޓެއްގެ އަގު ފެށެނީ 455 އެމެރިކާ ޑޮލަރުންނެވެ. މިހާރު ވަނީ ޓިކެޓް ވިއްކަން ފަށާފައެވެ.

2019 ވަނަ އަހަރު ހިދުމަތަށް ނުކުތް ޝިރަކް އޭވިއާގެ ފްލީޓުގައި 3 ބޯޓު އޮންނައިރު، އެ އެއާލައިނުން މިހާރު ދަނީ ދުނިޔޭގެ 12 މަންޒިލަކަށް އުދުހެމުންނެވެ.

ގުޅުންހުރި ލިޔުންތައް