ހުކުރު, އޮކްޓޯބަރ 10, 2025
spot_img
- Advertisement -spot_img

ބޭންކް އޮފް މޯލްޑިވްސް ރ. ދުވާފަރު ބްރާންޗްގެ މަސައްކަތް ނިމި ވަރަށް އަވަހަށް ޚިދުމަތް ދެވިގެންދާނެ: މެންބަރު މުޙައްމަދު ޢަލީ

ރާއްޖޭގެ އެންމެ ބޮޑު އިސްލާމިކް ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ރ. ދުވާފަރު ބްރާންޗްގެ މަސައްކަތް ނިމި ވަރަށް އަވަހަށް ޚިދުމަތް ދެވިގެންދާނެކަމަށް ދުވާފަރު ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު ޢަލީ ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި މިހާރު މަސައްކަތް ކުރިޔަށްދާ ފޮޓޯތަކާއި އެއްކޮށް ޙިއްސާކުރި ޕޯސްޓެއްގައި މެންބަރު ވިދާޅުވީ މިވަގުތު ދުވާފަރުގައި ޤާއިމްކުރެވޭ ބީއެމްއެލް އިސްލާމިކްގެ މަސައްކަތް ބާރު ދުވެލީގައި ކުރިޔަށްދާކަމަށެވެ. އަދި މިތަނުގެ މަސައްކަތް ނިމި ވަރަށް އަވަހަށް ޚިދުމަތް ފެށިގެންދާނެކަން އުފަލާއިއެކު ފާހަގަކުރާކަމަށްވެސް މެންބަރުގެ ޕޯސްޓްގައިވެއެވެ.

ދުވާފަރުގައި ހުޅުވިގެންމިދާ ބޭންކް އޮފް މޯލްޑިވްސް އިސްލާމިކްގެ ސަބަބުން އެރަށުގެ ރައްޔިތުންނަށާއި އަދި މުޅި އަތޮޅުގެ ރައްޔިތުންނަށް މާލީ ކަންކަމުގައި ފަސޭހަތެކެއް ލިބިގެންދާނެއެވެ. އަދި މީގެ އިތުރުން އަތޮޅުގައި ހިންގަމުންދާ ރިސޯޓްތަކަށާއި އެހެނިހެން ވިޔަފާރިތަކަށްވެސް މާލީ މުޢާމަލާތްތައް ކުރުމަށް ފަސޭހަވެގެންދާނެއެވެ.

މިމަޝްރޫޢު އަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މިކަން ހަޤީތަކަށް ހެއްދެވުމަށް ދުވާފަރު ދާއިރާގެ މެންބަރުގެ އިސްނެންގެވުމުގެ މަތިން ބޭކްން އޮފް މޯލްޑިވްސް އާއި ގުޅިން ކުރިޔަށް ގެންދާ މި މަޝްރޫޢުއަކީ ރަށުގެ ތަރައްޤީއަށް މުހިންމު މަޝްރޫޢެކެވެ.

ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ.

މިއަހަރު ބީއެމްއެލް އިސްލާމިކް ބޭންކިންގެ ހިދުމަތްތަކަށް 10 އަހަރު ވަނީ ފުރިފަ އެވެ. ބީއެމްއެލް އިސްލާމިކްގެ ހިދުމަތް ފުޅާވަމުން އަންނައިރު، މިދިޔަ އަހަރު ބީއެމްއެލް އިސްލާމިކުން ވަނީ ފަރުދުންނަށާއި ވިޔަފާރިތަކަށް މުޅިން އަލަށް 1.06 ބިލިއަން ރުފިޔާގެ ފައިނޭންސް ދޫކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް